ރަޝިޔާ ސިފައިންގެ ޓޭންކަކުން ޗިސްކޮށްލި ކާރުގެ ޑްރައިވަރު ސަލާމަތްވެއްޖެ
ރަޝިޔާ ސިފައިންގެ ޓޭންކަކުން ޗިސްކޮށްލި ކާރުގެ ޑްރައިވަރު ސަލާމަތްވެއްޖެ

ކިއޭވް (ފެބްރުއަރީ 26) - ޔުކްރޭނުގެ ވެރިރަށް ކިއޭވްގެ އުތުރުން އޮންނަ އޮބޮލޮންގައި ދުއްވާފައި ދިޔަ އާއްމު މީހެއްގެ ކާރަށް ރަޝިޔާ ސިފައިން ޓޭންކަކުން އަރައި ޗިސްކޮށްލި ނަމަވެސް އެ ކާރުގެ ޑްރައިވަރު ވަރަށް އާދަޔާޚިލާފު ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ފޮޓޯއިން އެ ފެންނަނީ އެ ހާދިސާ އަށް ފަހު ކާރު އޮތް ގޮތެވެ. ކާރު ޗިސްވި ނަމަވެސް އެ ކާރުގައި އިން އުމުރުން ދުވަސްވީ ޑްވައިވަރު ކާރު ތެރޭން ނެރުނު އިރު އޭނާ ދިރިހުއްޓެވެ.

އަސްކަރީ ވެހިކަލް ކުރިމަތި ދުއްވާފައި ދިޔަ އިރު ކާރު ދިޔައީ ކަނާތްފަރާތުންނެވެ. ކުއްލިއަކަށް ޓޭންކް އެނބުރިގެން ގޮސް ކާރުގެ މައްޗަށް އަރަ އެވެ. އިރުކޮޅަކުން އަސްކަރީ ވެހިކަލް ފަހަތަށް ޖެއްސިއިރު ކާރު އޮތީ ޗިސްވެފަ އެވެ.

ބައެއް މީހުން ސާމާނާ އެކު ކާރުގެ ދޮރު ހުޅުވަން މަސައްކަތް ކުރިއިރު ކާރުގެ ޑްރައިވަރު ހަރަކާތްކުރާ މަންޒަރު ފެނެ އެވެ.