ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

އެމްޑީގެ އެންމެ ފަހުގެ ލީޑަޝިޕްގައި މިދިޔަ ތިން އަހަރު ވީއިރު ވެސް ށ. މިލަންދޫ ދާއިރާ އިން ރަޖިސްޓަރީ ކުރަން އެ ޕާޓީގެ އޮފީހަށް ހުށަހެޅި ގޮފިތަކަށް ވީނުވީއެއް ނޭނގި އެކަމުގެ ޝަކުވާ އަދިވެސް ކުރާ ކަމަށް އެ ދާއިރާގެ މެމްބަރު އަލީ ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫގައި ބޭއްވި ޖަލްސާގައި އަލީ ރިޒާ ވިދާޅުވީ، މީގެ ތިން އަހަރު ކުރިން އެ ރަށުން އެކަނިވެސް 14 ގޮފި ރަޖިސްޓަރީ ކުރަން ޕާޓީގެ އޮފީހަށް ހުށަހެޅި ކަމަށެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

"އެ ގޮފިތަކަށް ވީ ގޮތެއް އަދި އަދަށް ދާންދެން ވެސް ނޭނގޭ. ކުޑަ ވާހަކައެއް މި ދަންނަވާލީ،" އެމްޑީޕީގެ އެތެރޭގައި ހުރި ބައެއް މައްސަލަތައް އެހެން ބައެއް ބޭފުޅުން ވެސް ހާމަކުރެއްވި ޖަލްސާގައި އަލީ ރިޒާ ވިދާޅުވި އެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

އޭނާ ވިދާޅުވީ، ގޮފިތައް ރަޖިސްޓަރީ ކުރަންޖެހޭނެ ގޮތާއި ގޮފިތަކުގެ ދައުރާއި ގޮފިތައް ހަދަންޖެހޭ ސަބަބު އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

"ގޮފިތަކުގެ ރައީސުންނަކީ، ނައިބު ރައީސުންނަކީ ކޮންގްރެސްގައި ވޯޓު ދެވޭ ބޭފުޅުން. ކޮންގްރެސް ބޮޑުވި ވަރަކަށް، ކޮންގްރެސްގައި އަޅުގަނޑު ގަބޫލުކުރަނީ ވާދަވެރިކަން އިތުރުވާނެ. އެމްޑީޕީއަކީ ވާދަވެރިކަމަށް ހިތްވަރުދޭ، ވާދަކުރާ، ތަފާތު ރޫހުގައި މަސައްކަތް ކުރައްވާ ބޭފުޅުން އަބަދުވެސް ހިމެނޭ ޕާޓީއެއް،" އަލީ ރިޒާ ވިދާޅުވި އެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

"އަޅުގަނޑު މިރޭ މިހެން މި ދަންނަވާލީ މިއަދު ވެސް އޭގެ ކުރީ ދުވަހު ވެސް އަބަދުވެސް އެމްޑީޕީގެ މިލަންދޫގެ މެމްބަރުން އަޅުގަނޑާ ސުވާލުކުރޭ ތިމަންނަމެން ރަޖިސްޓަރީ ކުރަން ހުށަހެޅި ގޮފިތަކަށް ވީ ކިހިނެއްހޭ؟ އަދިވެސް ރަޖިސްޓަރީ ނުވެއޭ."

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

އަލީ ރިޒާ ވިދާޅުވިގޮތުގައި، އެމްޑީޕީގެ ކުރިމަގަށްޓަކައި އެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކުރާ ކަންކަން ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ
ތިން އަހަރުވީއިރު ވެސް އެމްޑީޕީން ގޮފިތައް ރަޖިސްޓަރީ ކޮށްނުދެވުނު: އަލީ ރިޒާ

"ގޮފިތައް ހެދުމަކުން މެމްބަރުން މަދުވީކީ ނޫން. އަދި ވާން އޮތް ކަމެއް ނުވަނީކީ ވެސް ނޫން. އެހެން ނަމަވެސް އަސާސީ ގަވައިދުގައި ގޮފިތައް ރަޖިސްޓަރީ ކުރެވޭނެ ގޮތް އޮތަތީވެ، ގޮފިތައް ރަޖިސްޓަރީ ކުރަން އަޅުގަނޑުމެން ހުށަހެޅީ. އަދި އެ ގޮފިތައް ރަޖިސްޓަރީ ނުވެ ހުރީ ތިން އަހަރު ވީއިރު އަޅުގަނޑަށް ވެސް ހުދު ނޭނގޭ ކީއްވެގެން ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މި ފަހަރުގެ އިންތިހާބުގައި ފައްޔާޒުގެ ޓީމާއެކު ހުންނެވި އަލީ ރިޒާ ވިދާޅުވީ، އެ ޕާޓީގެ ކުރިމަގު ރަނގަޅު ކުރުމަށްޓަައި އެ ގޮތް ބޭނުން ނުވާ ކަމަށެވެ. އެހެންވެ، އެމްޑީޕީގެ ކުރިމަގު އުޖާލާ ކުރުމަށް ފައްޔާޒާއެކު މިލަންދޫ ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފައްޔާޒު ވެސް ވަނީ އެމްޑީޕީގެ އެތެރޭގެ ބައެއް މައްސަލަތައް ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް، ގޮފިތަކާއި ބައެއް މުހިންމު ކޮމިޓީތައް އެކަށީގެންވާ ގޮތަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ، އެ ޕާޓީ ހިންގަން ޖެހެނީ ހަމައެކަނި އިންތިހާބެއް ބޯމަތިވުމުން ނޫން ކަމަށާއި މެމްބަރުން ކިތަންމެ ގިނަޔަސް، އެމްޑީޕީގެ ސަރުކާރެއް އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތަސް މިދިޔަ ތިން އަހަރު ފެނުނީ ޕާޓީގެ އެއްވެސް ހަރަކާތެއް ނުހިނގައި އޮތް ތަން ކަމަށެވެ.

"މިއީ ހަގީގަތުގައި އަޅުގަނޑުމެން ދެރަވާންޖެހޭ ކަމެއް. އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ މިލަންދު އަށް ވަޑައިގަތުމުން އެ ރަށުން ވަނީ އޭނާ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.