މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް
މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް

މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ހޯމް އެންޑް އަވޭ އުސޫލުން 2024/2023 ގައި ކުޅެން ހަމަޖައްސާފައިވާ ދިވެހި ޕްރިމިއާ ލީގަކީ މިދިޔަ ފަސް އަހަރު ފުޓްބޯޅަ ބައްޓަން ކުރުމަށް ކުރި މަސައްކަތްތަކުގެ ފޮނި މޭވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް
މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް

ހޯމް އެންޑް އަވޭ އުސޫލުން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ އާއި ކޮންމެ ޒޯނެއްގެ ލޯގޯ ލޯންޗު ކުރުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަފުލާގައި ބައްސާމް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އަތޮޅުތަކުގެ ފުޓްބޯޅަ މުބާރާތް އެކި ގޮތްގޮތަށް ބާއްވައިގެން ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ. އެކަމުގައި ހުރި ބައެއް ދަތިތަކާއި އުނދަގޫތައް ބައްސާމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް
މުޅި ރާއްޖެއަށް ބާއްވާ ލީގަކީ މިދިޔަ ފަސް އަހަރުގެ މަސައްކަތުގެ ފޮނި މޭވާ: ބައްސާމް

"މިރެއަކީ ގާތްގަނޑަކަށް މިދިޔަ ފަސް އަަހަރު އެކިގޮތްގޮތަށް ދިވެހި ފުޓްބޯޅަ ބައްޓަން ކުރުމަށްޓަކައި ތަޖުރިބާތަކެއް ކުރަމުންދިޔަ ފަސް އަހަރު ނިމިގެންގޮސް، އެއަށްފަހުގައި އޭގެ މޭވާ ލިބިގެންދާކަމުގެ ހެކި ފެނިގެންދާ ރޭ،" ވާހަކަ ފައްޓަވަމުން ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ތައްޔާރުކޮށްފައި ވަނީ 2015 އިން ފެށިގެން އަތޮޅު މުބާރާތް ހޯމް އެންޑް އަވޭ އުސޫލުންނާއި ސެންޓްރަލައިޒް އުސޫލުން ބާއްވައިގެން ކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ.

"އުފުލަންޖެހޭ ތަކުލީފްތަކާ އަދި ކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެންނަށް ގެނެވޭނެ ބަދަލުތަކާއި މި ހުރިހާ ކަމެއް އެކުވެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މިވަނީ 2023-2024 ގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ނިންމާފައި،" ބައްސާމް ވިދާޅުވި އެވެ.

"މިއީ އަތޮޅުތެރޭގެ ކްލަބްތަކަށް އެންމެ މަތީ ފަންތީގައި ވާދަކުރުމަށް ފުރުސަތު ލިބިގެންދިއުން. އަދި ހަމައެޔާއެކީގައި މާލޭގައި ދިވެހި ޕްރިމިއާ ލީގު ކުޅެމުންދާ ކްލަބްތައް އަތޮޅުތެރެއަށް ދަތުރުކޮށް އަދި އަތޮޅުތެރޭގެ ކްލަބްތައް މާލެއަށް ދަތުރުކޮށް މާލޭގެ ދަނޑުގައި ކުޅެން ފުރުސަތު ލިބިގެން ދިއުން."

މިނިވަން ޗެމްޕިއަންޝިޕާއި ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް ގިނަ ދަތިތަކެއް އުފުލަން ޖެހުނުކަން ބައްސާމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭރު ރަނގަޅު ދަނޑުތަކެއް ނެތުމާއި ޓީމުތައް ރަށްތަކަށް ދިއުމުން ތިބޭނެ އެކޮމެޑޭޝަނެއް ނެތުމުގެ މައްސަލަ ވެސް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދިއުމަށް ދަތުރު ކުރުމުގައި ވެސް ދަތިތަކެއް ހުރިކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"ގޭތަކުގައި ތިއްބަވައިގެން ނުވަތަ ފިނި ކޮޓަރިތަކުގައި ތިއްބަވައިގެން ހަމަ ވަގުތު ހުސްކުރުމަށްޓަކައި އެކި ކުރު ވާހަކަތައް ލިޔުއްވަމުން ގެންދަވާ ބޭފުޅުންނަށް މިކަން ފަހަރުގައި ނޭނގިދާނެ،" އެފްއޭއެމް އާއި ފުޓްބޯޅަ އަށް ފާޑު ކިޔައި ލިޔާ ލިޔުންތެރިންނަށް ނުސީދާގޮތުން ފާޑުވިދާޅުވެ މިރޭގެ ހަފުލާގައި ބައްސާމް ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މި ކަންކުރާ ބޭފުޅުން މި ތަޖުރިބާގެ އަލީގައި މިއޮތީ އަޅުގަނޑުމެންގެ މި ލީގު ބައްޓަންކޮށްދެއްވާފައި."

ބައްސާމް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގުގެ 2023-2024 ގެ ލޯގޯ ފަރުމާކޮށްފައި ވަނީ ލޯގޯ ފަރުމާ ކުރުމަށް މުބާރާތެއްގެ ސިފައިގައި ކުރިއަށް ދާގޮތަށް މީގެ ތިން މަސް ކުރިން ހުޅުވައިލި ފުރުސަތުގެ ތެރެއިން ކަމަށެވެ. ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރީ އަބްދުﷲ ނަޝާތު އެވެ. ޒޯންތަކުގެ ލީގު ލޯގޯތައް ފަރުމާ ކުރީ އަލީ މަމްދޫހް އެވެ.