މެންބަރު އާޒިމްގެ މަންމަ ނިޔާވެއްޖެ
މެންބަރު އާޒިމްގެ މަންމަ ނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މަންމާފުޅު އަޒީޒާ އަހުމަދު މިރޭ ނިޔާވެއްޖެ އެވެ.

ކުރިން މާލޭގެ އެންމެ މަޝްހޫރު ހޮޓާ ކަމަށްވާ އިވްނިން ގްލޯރީގެ ވެރިޔާ އަދި ނިއުރޭޑިއަންގެ ކުރީގެ އެއް މުއައްސިސް ކުއީން ވަހީދުގެ އަނބިކަނބަލުން ނިޔާވީ މިރޭ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ކަށު ނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އޭނާއަކީ އެމްޑީޕީގެ ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ވެސް މަންމަ އެވެ.

ކުއީން ވަހީދު ކުރިން ވިދާޅުވެފައިވާ ގޮތުން އަޒީޒާއަކީ އިވްނިން ގްލޯރީ ހޮޓާ ހިންގުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރި މީހާ އެވެ.