23 ފެބުރުއަރީ 2022 - 21:05

މާލޭ ފަރީދީ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސީގަލް ކެފޭ ކުރިމަތި ހުރި ގެއެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ މ. ބިޖްލީ ކާސަލް ނަމަކަށް ކިޔާ ގެއެއްގަ އެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ގޭގެ މަތިން ވަރަށް ބޮޑަށް ދުން އަރައި އަލިފާންގަނޑު އެބަ ފެނެ އެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިހާރު އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.