23 ފެބުރުއަރީ 2022 - 12:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައިރޮއިޑްގެ ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަނަވަން ނިންމަވައިފި އެވެ.
"މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ،" ރައީސް ދެންމެ ކުރެއްވި ޓްވީޓެއްގައި ވެ އެވެ.
ރައީސްގެ ފަރުވާއާ ގުޅޭ ތަފުސީލެއް ރައީސް އޮފީހަކު އަދި ނުދެ އެވެ. އެކަމަކު، މި މަހުގެ 10 އިން 15 އަށް ވެސް އެ މަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅަށް ފަހު ދެން ރައީސް ވަޑައިގަތީ އަމިއްލަފުޅު އަތޮޅު، ޅ. އަތޮޅަށެވެ.