23 ފެބުރުއަރީ 2022 - 12:07

މައިބަދައިގެ ތަދާއި ވޭން 15 އަހަރު ވަންދެން ތަހައްމަލު ކުރަމުން އައި ފަތުހުއްނިސާ މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. ޓްރީ ޓޮޕުގައި އޭނާ ކުރި މައިކްރޯ ޑިކޮމްޕްރެޝަން މައިބަދައިގެ ސާޖަރީ ކާމިޔާބު ކަމާއެކު ކޮށްފައިވާ އިރު، އޭނާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ.
މައިބަދައިގައި ރިއްސާތީ އެކަމުން ލުޔެއް ހޯދަން ފަތުހުއްނިސާ ގިނަ ކަންތައްތަކެއް ކުރި އެވެ. ތަދު މަޑުކުރުމަށް، އޮޕަރޭޝަން ނުކޮށް މައިބަދަ އަށް އިންޖެކްޝަން ވެސް ޖެހި އެވެ. ނަމަވެސް ހައްލެއް ނުލިބުނެވެ.
ޑޮކްޓަރުންގެ ލަފާ ހޯދުމުގެ ތެރޭގައި، ޓްރީ ޓޮޕްގެ ޑރ. ހުއާންއާ ބައްދަލުވުން ވެގެން ދިޔައީ ފަތުހުއްނިސާގެ މައިބަދައިގެ ތަދަށް ލުއެއް ލިބޭނެ ކަމުގެ އުންމީދު އާވި ކަމަކަށެވެ. ޑރ. ހުއާންގެ ލަފާ ލިބުމުން ހިތްހަމަޖެހުމާ އެކު ސާޖަރީ ކުރުމަށް ފަތުހުއްނިސާ ނިންމި އެވެ. ޓްރީ ޓޮޕުން މި ސާޖަރީ ހެއްދުމަށް ނިންމީ މިއީ އޭނާ ދަންނަ ބައެއް މީހުން ކާމިޔާބުކަމާ އެކު ކޮށްފައިވާ ސާޖަރީއަކަށް ވާތީ ކަމަށް އޭނާ ބުނެ އެވެ.
ފަތުހުއްނިސާ ދަންނަ ގިނަ މީހުން މި ސާޖަރީ ހެއްދީ ރާއްޖޭން ބޭރުންނެވެ. ނަމަވެސް ރާއްޖޭގައި ހުރެގެން ޓްރީ ޓޮޕުން ސާޖަރީ ހެއްދޭކަން އެނގުމުން އެގޮތް އޭނާ ހިޔާރު ކުރީ އެވެ.
ފަތުހުއްނިސާ ބުނިގޮތުގައި ސާޖަރީ އަށް ފަހު ހެލިފެލިވެ އުޅުމަށް އެއްވެސް އުނދަގުލަކާ އޭނާ ކުރިމަތިލާކަށް ނުޖެހެ އެވެ.
ސާޖަރީ އަށް ފަހު ފަތުހުއްނިސާ ވަނީ ފިޒިއޯ ތެރަޕީގެ ހިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރިހަމަކޮށްފަ އެވެ. އޭނާއަށް ކުރެވުނު މި ތަޖުރިބާއާ އެކު މައިބަނދައިގެ މައްސަލަ ހުންނަ މީހުން ޓްރީ ޓޮޕުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ހޯދުމަށް ފަތުހުއްނިސާ އެދެ އެވެ.
ޑރ. ހުއާން ލޮރީޑޯ އަކީ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ކޮންސަލްޓަންޓް ޑޮކްޓަރެކެވެ. އޭނާ ފާހަގަ ކުރެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، މިނިމަލީ އިންވޭސިވް ނުވަތަ ވީހާވެސް ކުޑަކޮށް ފަޅާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރާ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
އޭނާ ވަނީ ސްޕެއިންގެ "ހޮސްޕިޓާލެސް ސެން ރޯގު"ގެ ނާރުގެ އޮޕަރޭޝަން ޑިވިޝަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ "އައިސީއެން އިންސްޓިޓޫޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާ"ގެ ޑިރެކްޓަރުގެ މަގާމުފަދަ އިސް މަގާމުތައް ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ ޒިއުރިކް ސްވިޒަލޭންޑުގައި މައިކްރޯ ސާޖަރީ، ލަންޑް ޔުނިވާސިޓީގައި ނިއުރޯ-އިންޓެންސިވް ކެއާ އާއި ހަވާޑް ޔުނިވަސިޓީ އަދި މެލްބޯންގައި ނިއުރޯ ސާޖަރީ، އަދި ޑެލަސްގައި ވެސްކިއުލާ އިން އެތަކެއް ވިޒިޓިން ފެލޯޝިޕް ކްރެޑިޓް ހޯއްދަވައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެ ބަލިތަކުގެ ހާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށް ވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ވާދަވެރި އަގުތަކެއްގައި ރާއްޖޭގައި ފޯރުކޮށްދިނުމެވެ.
ޓްރީ ޓޮޕުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު 3351610 ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ވެސް ލިބޭނެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ޓްރީޓޮޕްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.