24 ފެބުރުއަރީ 2022 - 06:50

ކަނޑުން ހަށިގަނޑާއި ސިކުނޑިއަށް ގިނަ ފަރުވާތަކެއް ލިބެ އެވެ. ރަނގަޅު ދުޅަހެޔޮ ސިއްހަތަކަށް، މޫދު ލޮނަކީ ވެސް ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. މަދުވެގެން ހަފުތާއަކު ދެފަހަރު މޫދުގައި ހޭދަކޮށްލާ ވަގުތު ކޮޅަކުން ވެސް ސިއްހަތަށް އެތައް ފައިދާއެއް ކުރެ އެވެ. ހުރިހާ ސްޓްރެސްތަކެއް ފިލުވާލުމަށް އެހީތެރިވާނެ އެކައްޗަކީ މޫދުގައި ހޭދަކޮށްލާ ވަގުތުކޮޅެވެ.
އެންޓިވައިރަލް، އެންޓި ބެކްޓީރިއަލް އަދި އަޔޮޑިންނާއި ސޯޑިއަމް އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން މޫދު ލޮނުން ހަށިގަނޑުގެ ފާރުތައް ފަސޭހަކޮށްދެ އެވެ. ސަބަބަކީ މޫދު ލޮނުގައި މެގްނީޒިއަމް، ޕޮޓޭޝިއަމް އަދި މިނަރަލް ކެލްސިއަމް ހުންނަ މިިންވަރު ވެސް ގިނަވުމެވެ. ހަށިގަނޑުގެ 300 އަށް ވުރެ ގިނަ ރިއެކްޝަންގައި ކޯ-ފެކްޓާ އެއްގޮތުގައި މެގްނީޒިއަމް ހިމެނެ އެވެ. އަދި ދިރިހުރުމަށް ވެސް މިއީ ވަރަށް މުހިއްމު މާއްދާއެކެވެ. އޭގެން ހަންގަނޑު އިތުރަށް ވަރުގަދަކޮށް، ޒުވާންކަން މަތީ ހުރުމަށް އެހީތެރިވެދެ އެވެ. އެކްޒީމާ ފަދަ ހަމުގެ މައްސަލަ ހުންނަ މީހުންނަށް ވެސް މޫދު ލޮނަކީ ފަރުވާއެކެވެ.
މޫދަށް އެރުމުން ނޭވާ ހިއްލުމާއި ސައިނަސް ފަދަ ނޭވާލުމުގެ ނިޒާމުގެ ބަލިތަކުގެ އަލާމާތްތައް މަދުކޮށްދެއެވެ. އެމެރިކަން ފެމިލީ ފިޒީޝަނުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މޫދަށް އެރުމުން ދުޅަވުން ދަށްކޮށްދެނީ ސައިނަސްގެ އަލާމާތްތައް ކުޑަވުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ބަލިމީހާ އަށް ދޭ އެންމެ ފުރަތަމަ ފަރުވާ އަކީ ބަލިމީހާ އަށް ސަލައިން ޑްރިޕްޓް ދިނުމެވެ. ސަލައިން ޑްރިފްޓަކީ ސޯޑިއަމް ކްލޮރައިޑާއި ފެން އެއްކޮށްގެން އޭގެ ތެރެއަށް އިތުރު ބޭސް އަޅައިގެން ހަދާފައި ހުންނަ އެއްޗެކެވެ.
މޫދު ލޮނުގައި މެގްނީޒިއަމް މިންވަރު މަތިވުމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް އަރާމު ކުރުވާ އަސަރެއް ކުރެ އެވެ. އެހެން ވުމުން ހަށިގަނޑަށް ހިތްހަމަޖެހުން ލިބި، ހަށިގަނޑު އިތުރަށް ރިލެކްސްވެ އެވެ.
މޫދުގައި ފަތާއިރު، މޫދުގެ ލޮނުގަނޑު އައިސް ބޮލުގައި ޖެހޭ ވަގުތު ސިކުނޑިއަށް އަރާމުވެ އެވެ. ފެތުމަކީ ލޭ މައްޗަށް ދިއުމާއި ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ވެސް ރަނގަޅު ފަރުވާއެކެވެ.
މޫދަށް އެރިލުމުން ހަށިގަނޑުގައި ހުންނަ ރެޑް ބްލަޑް ސެލްސް ފަސް ޕަސެންޓާއި 20 ޕަސަންޓަށް އިތުރުކޮށްދެއެވެ. އަދި ވައިޓް ބްލަޑް ސެލްސް ހުންނަ މިންވަރު ވެސް އިތުރަށް ކޮށްދެ އެވެ. ދިފާއީ ނިޒާމު ދަށް މީހުންނާއި އެނީމިއާ، އަދި ހަކުރުބަލި ފަދަ ބަލިތައް ހުންނަ މީހުންނަށް މޫދަށް އެރުމަކީ ގުދުރަތީ ގޮތުން ދެވޭނެ އެންމެ ފުރިހަމަ އެއް ފަރުވާ އެވެ.
މޫދު ލޮނުގަނޑުގެ ފަށަލައިގައި އެންޓި-އިންފްލެމޭޓަރީ ހުރުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ތަދުވުމާއި އާތްރައިޓިސް އަދި ޕޯސްޓް-ސާޖިކަލްތަކާ ގުޅިފައިވާ ވޭންތަށް ލުއި ކުރުމަށް އެހީތެރިވެދެ އެވެ. ފެތުމަކީ ސާކިއުލޭޝަނަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި ހާއްސަކޮށް ފެން ފިނިވުމުގެ ސަބަބުން ހަށިގަނޑަށް ޑޮޕަމައިން އަދި ސެރޮޓޮނިން އިތުރުވެ އުފާވެރިކަން ގެނެސްދެ އެވެ.
ސެލިއުލިޓް އަކީ ހަންގަނޑުގެ ތިރީގައި ހުންނަ ކަނެކްޓިވް ޓިޝޫއާއި ދެކޮޅަށް ބާރުފޯރުވާ ފެޓްގެ ކަލެކްޝަންތަކަށް ކިޔާ ނަމެކެވެ.
ފެތުމަކީ ހަށިގަނޑުގައި ހުންނަ ޓިޝޫތަކާއި ލިމްފް ނާރުތަކަށް ޕްރެޝާ ކުރާ ކަމެކެވެ. މި ސަބަބާހުރެ، ލިމްފް ދައުރު ކުރުމަށް ފަސޭހަވެ، ސެލިއުލައިޓުގެ ސިފަ ރަނގަޅުކޮށްދެ އެވެ.
މޫދު ލޮނުުގައި އަޔޮޑިންގެ މާއްދާ ހުންނަ މިންވަރު އިތުރުވުމަކީ ދުޅަހެޔޮ ތައިރޮއިޑަކަށް ކޮންމެހެން ވެސް ބޭނުންތެރި އެއްޗެކެވެ. ކެއުން ބުއިމުގައި ސީވީޑް ފްލޭކްސް ހިމަނައިގެން ކެއުމުން އިތުރަށް ދުޅަހެޔޮ ތައިރޮއިޑަކަށް މަގުފަހި ކޮށްދެއެވެ.