23 ފެބުރުއަރީ 2022 - 10:58

ގެއެއްގައި އަލިފާން ރޯވެ، ދުމުގެ އަސަރުކޮށްގެން 10 މީހަކު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ހ. ނޫއަލިގޭގައި އަލިފާން ރޯވެގެން 8:55 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސިނަމާލެ ބްރިޖު ޕްލެޓްފޯމް ކައިރީގައި ހުންނަ އެ ގޭގައި ރޯވި އަލިފާންގަނޑު ވަނީ 9:25 ހާއިރު ނިއްވާލައިފަ އެވެ.
ދުމުގެ އަސަރުކޮށްގެން 10 މީހުން ސެނަހިޔާ ހޮސްޕިޓަލަށް ފޮނުވާފައިވެ އެވެ. އެއީ ބިދޭސީން ދިރިއުޅޭ ތަނެކެވެ.
ހެންވޭރު ސަރަހައްދުގައި ހުރި ގެއެއްގައި އިއްޔެ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.
ހ. ފައިން ބީޗުގެ ގްރައުންޑް ފްލޯގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން 9:50 ހާއިރު ރިޕޯޓުކުރި އެވެ. މާ ބޮޑު ގެއްލުމެއް ނުލިބެނީސް އެ އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ.