ޔޫއޭއީ އަތުން އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ
ޔޫއޭއީ އަތުން އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗެއްގައި ރޭ ޔޫއޭއީ އަތުން 1-0 އިން ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ އެވެ.

ވިމެންސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޔޫއޭއީ އަށް ކުރާ ދަތުރުގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ އުމުރުން 16 އަހަރުގެ ފާތިމަތު ތީބާ އެވެ. މި މެޗުގައި ރާއްޖޭގެ ޓީމު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީން ދަތުރުގައި ޓީމު ކުޅޭ ދެ ވަނަ މެޗު އޮންނާނީ ބުދަ ދުވަހުގެރޭ އެވެ. ގައުމީ ޓީމުގެ ކޯޗަކީ ދެކުނު ކޮރެއާގެ ނައޯކޯ ކަވަމޯޓޯ އެވެ.

މި މަހުގެ 26 އިން ޖެނުއަރީ 4 އަށް ކުރިއަށްދާ ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނާ އެކު ގްރޫޕް އޭ ގަ އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވި ތިން ފަހަރު ވެސް ކާމިޔާބުކުރީ އިންޑިއާ އެވެ. ރާއްޖޭން އަންނަނީ ކޮންމެ މުބާރާތެއްގައި ވެސް ކުރިއެރުން ހޯދަމުންނެވެ.