ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ
ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ

މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ސަބަބުން އަމިއްލަ ސިއްހަތަށް ވެސް އޭގެ ސަބަބުން ފައިދާވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ
ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ

މީހަކަށް ހެޔޮކަމެއް ކޮށްދިނުމަކީ އޭގެ ސަބަބުން އެހެން މީހުންނަށް އެކި ފައިދާތަކާއި ފަސޭހަތައްވާ ކަމެކެވެ. އޭގެ ސަބަބުން އެ ހެޔޮ އަމަލުކުރާ މީހާގެ ސިއްހަތަށް ވެސް ފައިދާވާ ކަމަށް ދާދި ފަހުން އެމެރިކާގެ ސައިންސުވެރިން ކުރި ދިރާސާއެއްގައި ބުނެފައިވެ އެވެ.

ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ
ހެޔޮކަމެއް ކޮށްދިނުމުން ސިއްހަތަށް ވެސް ފައިދާވޭ

އަމިއްލަ ފައިދާ އަށް ނުވިސްނާ އެހެން މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުން އޭގެ ސަބަބުން "ހެލްޕާސް ހައި" ކިޔާ ގޮތެއް ސިކުނޑިއަށްވެ އެވެ. އޭގެ ސަބަބުން ސިކުނޑީގެ ރިވޯޑް ސެންޓަރު ސްޓިމިއުލޭޓް ވުމަށް މެދުވެރިވެ އެވެ. އެއާ އެކު ސިކުނޑިން ހަށިގަނޑަށް "ފީލް ގުޑް" ނުވަތަ ހިތްހަމަޖެހުން ގެނެސްދޭ ކެމިކަލްތަކެއް ފޮނުވާލަ އެވެ. އެއީ ހެލްޕާސް ހައި އެވެ.

ދިރާސާއިން ދައްކާ ގޮތުގައި ވޮލެންޓިއާ މަސައްކަތްކޮށް، އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން، ސްޓްރެސް ކުޑަކޮށްދީ، ޑިޕްރެޝަން އަށް ވެސް އެހީތެރިވެ އެވެ.

އެ ދިރާސާގައި ބުނި ގޮތުގައި، ހެޔޮ އަމަލެއް ކޮށްދިނުމުން އިންސާނާގެ އުމުރު ދިގުވުމަށް ވެސް މަގުފަހިވެ އެވެ. ހެޔޮ ހިތުން ކަމެއް ކޮށްދިނުމުގެ ސަބަބުން އެއްބައިވަންތަކަން އާލާވެ އެވެ. އެ ސައިންސުވެރިން ބުނި ގޮތުގައި އެ ކަންތައްތަކަކީ ދުޅަހެޔޮ ސިއްހަތަކާއި ދިގު އުމުރަކަށް އެހީއަކަށް ވާނެ އެވެ.