22 ފެބުރުއަރީ 2022 - 11:24

މިއަދުގެ ތާރީހާ ގުޅުވައިގެން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ކުންފުނިން، 22/2/22 އާ ދިމާކޮށް ފެށި މި ޕްރޮމޯޝަނުގެ ދަށުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ބައެއް ފިހާރަތަކާއި ރެސްޓޯރެންޓުތަކުން 22 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ ތެރޭގައި "ޗީނޯ" އާއި "ރާދަފަތި ޖެމްސް އެންޑް ޖުވެލަރީ" އާއި "ލަޝްލީ" އާއި "ލެ ޕާފިއުމް" އާއި "ސެމިލީސް" ހިމެނެ އެވެ.
އުރީދޫ ކްލަބް ޕްރިމިއާ އަކީ ގިނަ ފައިދާތަކެއް ލިބޭ ހިދުމަތެކެވެ. ކްލަބް ޕްރިމިއާ ސިލްވާ މެމްބަރުންނަށް ރާއްޖޭގެ މަގުބޫލު ބްރޭންޑުތަކުން ޑިސްކައުންޓާއި ކްލަބް ޕްރިމިއާ ލައުންޖު އެކްސެސް އާއި އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތައް ލިބޭނެ އެވެ. އަދި ގޯލްޑާއި ޕްލެޓިނަމް މެމްބަރުންނަށް މި ހިދުމަތްތަކުގެ އިތުރުން ލައިފް އިންޝުއަރެންސާއި ޕްރަޔޯރިޓީ ޕާސް ލިބޭނެ އެވެ.