ޓްރީޓޮޕުން ނިލަންދޫގައި ހެލްތު ކޭމްޕެއް ބާއްވައިފި
ޓްރީޓޮޕުން ނިލަންދޫގައި ހެލްތު ކޭމްޕެއް ބާއްވައިފި

ޓްރީޓޮޕް ހޮސްޕިޓަލުން ފ. ނިލަންދޫގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ހަރަކާތްތެރިވީ ޓްރީޓޮޕްގެ މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެކެވެ. މި ކޭމްޕް ނިންމާލީ ކާމިޔާބު ކަމާއެކު ކަމަށް ޓްރީޓޮޕުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ކޭމްޕުގައި 300 މީހަކު ބައިވެރިވި އެވެ.

މި ހެލްތު ކޭންޕުގައި ޓްރީޓޮޕްގެ ކަށީގެ ހާއްސަ ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ޗައިލްޑް ނިއުޓްރިޝަންގެ ހާއްސަ އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ބައިވެރިވި އެވެ.

މި ކޭމްޕުގައި ނިލަންދޫގައި ބަލިމީހުންނަށް ހެލްތް ސްކްރީނިން ހަދައިދިނުމުގެ އިތުރުން އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ޑޮކްޓަރުންގެ ރިފަރަލް ވަނީ ހަމަޖައްސައިދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ވެސް ތައާރަފުކުރަމުންނެވެ.