21 ފެބުރުއަރީ 2022 - 14:43

ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކައިވެނިކުރާނެ ތާރީހަށް މާދަމާ ވެއްޖެ އެވެ.
ރީތި ތާރީހުތަކަށް ބަލައި މިފަހުން ކައިވެނިކުރުން އިތުރުވެފައިވާއިރު މާދަމާގެ ތާރީހު، 22/2/22 ގައި 87 މީހަކު ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. މިއީ ހަމައެކަނި މާލޭގައި ކުރާ ކައިވެނީގެ އަދަދެވެ.
މި ރީތި ތާރީހުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ގިނަ ކައިވެނިތަކެއް އޮންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ސީދާ އަދަދު ސާފެއް ނުވި އެވެ.
މާލޭގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 2020 ގަ އެވެ. އެއީ 20/02/2020 ކުރި 66 ކައިވެންޏެވެ.
މިއަހަރު އެންމެ ފުރަތަމަ އައި ރީތި ތާރީހަކީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ދުވަހު މާލޭގައި އޮތީ 37 ކައިވެންޏެވެ.