"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން
"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން

މާލޭގައި ކެފޭގެ އުސޫލުން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނުން އާއްމުކޮށް ހިދުމަތް ހޯދާ މީހުންގެ އަދަދު 1،000 އަށް ވުރެ ގިނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން
"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ "މީޑިއާ އިވެންޓް" ގައި އެ ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، "ޑްރަގް ކެފޭ" ނުވަތަ އައްޑާތަކުން އާއްމުކޮށް 1،118 ދިވެހިން ހިދުމަތް ހޯދާ ކަމަށެވެ.

"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން
"ޑްރަގް ކެފޭ" ތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،000 އަށް ވުރެ ގިނަ ދިވެހިން އުޅޭ: ފުލުހުން

އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތިން ސަލާމަތްވުމުގެ ފަރުވާ އިން ވަކިކޮށްފައިވާ މީހުންނެވެ. އެއީ ފަރުވާ އިން ވަކިކޮށްފައިވާ 305 މީހަކާއި ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް އަމުރު ކޮށްފައިވާ 217 މީހެއް ދެ ވަނަ ހުކުމެއް އައިސްފައިވާ 141 މީހެކެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ އައްޑާތަކުން އާއްމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ވެސް އުޅެ އެވެ. އެއީ ބަންގްލަދޭޝްގެ 134 މީހަކާއި އިންޑިއާގެ ތިނެއް އަދި ލަންކާގެ ދެ މީހެކެވެ.

އައްޑާތަކުން ހިދުމަތް ހޯދާ ދިވެހީންގެ ތެރޭގައި ދިރިއުޅޭނެ ވަކި ތަނެއް ނެތި، މަގުމަތިވެފައިވާ 63 ދިވެހިން އަދި ބަންގްލަދޭޝްގެ ހަތަރު މީހަކު އުޅެ އެވެ.

އޭގެ އިތުރުން 65 އަންހެނަކާއި އުމުރުން 50 އަހަރުން މަތީގެ 56 މީހެއް އަދި އައްޑާތަކުން ގަވައިދުން ހިދުމަތް ހޯދާ 14 ކުޑަކުއްޖަކު ވެސް ފާހަގަކުރެވޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ޑްރަގް ކެފޭ" ތަކުން ހިދުމަތް ހޯދާ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރޭގައި އެންމެ ގިނައީ މާލޭ މީހުންނެވެ. މާލޭގެ 32 މީހަކު އެ ކެޓަގަރީގައި ހިމެނެ އެވެ.

އައްޑާތަކުގައި މަސްތުވާ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ލިސްޓެއް ފުލުހުން ގެންގުޅެ އެވެ. މިއަދުގެ އިވެންޓުގައި ފުލުހުން ވަނީ އެ ލިސްޓު މީޑިއާތަކަށް ދައްކާލައިފަ އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި 2015-2021 ގެ ނިޔަލަށް ޑްރަގް ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވެ އެވެ. އަދި ބަނގުރާ ވިއްކައި، ވިޔަފާރި ކުރުމުގައި 525 ބިދޭސީއަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވަނީ ޑްރަގް ޓްރެފިކިންގެ 67 މައްސަލައެއް މިދިޔަ އަހަރު ތަހުގީގު ކޮށްފަ އެވެ. އެއީ 2020 ވަނަ އަހަރު 54 އަދި 2019 ގައި ޑްރަގް ޓްރެފިކިންގެ 82 މައްސަލައެކެވެ.

ފުލުހުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވުމަށް މީހުން އާއްމުކޮށް ދާ 34 ތަނެއް ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ގޭގެ ވެރިންނަށް ދައުވާކުރަން ވެސް ފޮނުވާފައިވެ އެވެ.