21 ފެބުރުއަރީ 2022 - 06:13

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ފުރަތަމަ ބައިގައި އަނޫރާގް ބާސޫގެ ރޯލުން މަގުބޫލުވި ސިޒޭން ހާން ހުރީ ހުސްކޮށް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު އަނޫރާގު ރައްޓެހިވެގެން އުޅެނީ އުއްތަރު ޕްރެދޭޝް އަށް އުފަން، އަފްޝީން ކިޔާ މީހަކާ އެވެ. އެއީ ފިލްމީ ދާއިރާގައި އުޅޭ މީހެއް ނޫނެވެ.
އަނޫރާގު ބުނީ އެމީހުން ރައްޓެހިވެގެން އުޅޭތާ ތިން އަހަރުވެފައިވާ ކަމަށާއި މިހާރު ވިސްނަމުން އަންނަނީ ކައިވެންޏަކާ މެދު ކަމަށެވެ.
އުމުރުން 44 އަހަރުގެ އަނޫރާގު ބުނީ އަފްޝީންއާ ދިމާވީ ވަރަށް އާދައިގެ ރަނގަޅު ކުއްޖަކު ހޯދަމުން އަންނަކޮށް ކަމަށެވެ.
އަނޫރާގު، އަފްޝީނަށް ޕްރޮޕޯސް ކުރީ 2020 ވަނަ އަހަރު އޭނާ ބިރިޔާނީ ކައްކައިދިނުމުންނެވެ. އަނޫރާގު ބުނީ ކޮވިޑްގެ ބަލިމަޑުކަން ލައްވާނުލި ނަމަ، އެމީހުން މިހާރު ތިބޭނީ ކައިވެނިކޮށްގެން ކަމަށެވެ.