ސަފާރީއަށް ގެންދާނެ ކަމަށް ބުނެ ޓޫރިސްޓުންތަކެއްގެ އަތުން ފައިސާތަކެއް އަތުލައިފި
ސަފާރީއަށް ގެންދާނެ ކަމަށް ބުނެ ޓޫރިސްޓުންތަކެއްގެ އަތުން ފައިސާތަކެއް އަތުލައިފި

ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ އަތުން އޮޅުވާލައިގެން 1050 ޑޮލަރު އަތުލައިފި އެވެ.

ފުލުހުން ބުނީ މިމަހުގެ ހަ ވަނަ ދުވަހު ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ އަތުލި މައްސަލައެއް ރިޕޯޓްކުރީ މިމަހުގެ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

އެކަމަކު އެ މައްސަލައާ ގުޅިގެން ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދީ އިއްޔެ އެވެ.

އެ ފައިސާތައް ހޯދީ ޓޫރިސްޓުން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާކޮށްފައިވަނިކޮށް ކަމަށާއި މިހާރު އޭގެ ވެރިފަރާތަށް ފައިސާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.