ދިރާގު ފައިބަ އިންޓަނެޓްގެ ހިދުމަތް ކުރެންދު އަށް
ދިރާގު ފައިބަ އިންޓަނެޓްގެ ހިދުމަތް ކުރެންދު އަށް

ދިރާގުން ދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ޅ.ކުރެންދޫގައި ފަށައިފި އެވެ.

މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކުރެންދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކާ އެއްކޮށެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް ފޯމު ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓާ ވެސް ހިލޭ ލިބޭނެ އެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖްތައް ބޭނުންވާ ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑަރު ވެސް ހިލޭ ލިބޭނެ އެވެ. މިއާ އެކު ކުރެންދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 82 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު އޭގެ ތެރޭގައި 78 ރަށެއް ހިމެނެ އެވެ.