އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ
އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ

ކާބުލް (ފެބްރުއަރީ 18) - އަފްޣާނިސްތާނުގައި ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަކަށް ވެއްޓި ތާށިވިތާ ތިން ދުވަސް ފަހުން އެ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ އެވެ.

އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ
އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ

މީހުން ސަލާމަތް ކުރާ ޓީމުތަކުން މެދުނުކެނޑި ކުރި މަސައްކަތުން ހައިދަރު ނަމަކަށް ކިޔާ ކުއްޖާ ވަނީ މިއަދު މެންދުރު ފަހު ވަޅުން ނަގައިފަ އެވެ. ދެކުނުގެ ޒަބުލް ޕްރޮވިންސްގައި ހުރި ވަޅަކަށް ވެއްޓުނު ކުއްޖާ ވަޅުން ނެގި ފަހުން ނޭވާލުން ހުއްޓުނު ކަމަށް އޮފިޝަލުން ބުންޏެވެ.

އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ
އަފްޣާން ކުޑަ ކުއްޖާ ވަޅުން ނެގި ފަހުން މަރުވެއްޖެ

ރެސްކިއު ޓީމުތަކުން ރާވާފައި ވަނީ ކުއްޖާ ވަޅުން ނެގުމަށް ފަހު ހެލިކޮޕްޓަރުގައި ވެރިރަށް ކާބުލް އަށް ގެންގޮސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށެވެ.

"ރެސްކިއު އޮޕަރޭޝަން ނިންމާލި ފަހުން ވެސް އެ ކުއްޖާ ނޭވާލަމުން ދިޔައީ. މެޑިކަލް ޓީމުން ވަނީ އޮކްސިޖަން ވެސް ދީފައި،" ޒަބުލްގެ ފުލުހުންގެ ތަރުޖަމާން ޒަބީއުﷲ ޖައުހަރު ވިދާޅުވި އެވެ. "އެ ކުއްޖާގެ ފުރާނަ ދިޔައީ ހެލިކޮޕްޓަރަށް އަރުވަން މެޑިކަލް ޓީމުން މަސައްކަތް ކުރަމުން ދަނިކޮށް."

ހައިދަރު ވަޅަށް ވެއްޓި ތާށިވީ އަންގާރަ ދުވަހު އެވެ. އެ ކުއްޖާގެ ބައްޕަ 50 އަހަރުގެ ހާޖީ އަބްދުލް ހާދީ ބުނީ ހައިދަރު ވަޅަށް ވެއްޓުނީ ޝޮކަކު އަވަށުގައި ވަޅެއް ކޮންނަން އުޅުނު މީހުންނަށް އެ ކުއްޖާ އެހީވާން އުޅެނިކޮށް ކަމަށެވެ.

ކުއްޖާ އެންމެ ފުރަތަމަ ވަނީ 25 މީޓަރު (80 ފޫޓު) ގެ ވަޅުގެ ފުލަށް ވެއްޓިފަ އެވެ. ވަޅުތެރޭގައި ހުރި އިރު އެ ކުއްޖާ ހަރަކާތްކޮށް ހެދި އެވެ. ނަމަވެސް ވަލެއް ވަޅަށް ތިރިކޮށްގެން އެ ކުއްޖާ ނަގަން ކުރި މަސައްކަތުން ވަނީ 10 މީޓަރު (32 ފޫޓު) އާ ހަމައަށް މައްޗަށް ނަގައިފަ އެވެ. އެކަމަކު އެ ހިސާބުން އެ ކުއްޖާ ވަނީ ތާށިވެފަ އެވެ. ވަޅުގެ އެ ހިސާބަށް ފެނާއި ކާބޯތަކެތި ވެސް ރެސްކިއު ޓީމުތަކަށް ފޯރުކޮށްދެވިފައެއް ނުވެ އެވެ.

"ދަރިފުޅު އޯކޭތަ؟" ކުއްޖާގެ ބައްޕަ ހާދީ ގޮވާލާ އަޑު ވީޑިއޯއަކުން އިވެ އެވެ. "ބައްޕައާ ވާހަކަ ދައްކާ. ބިރު ނުގަންނާތި. ނުރޯތި. ދަރިފުޅު ސަލާމަތް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން."

"އޯކޭ. އަހަރެން ވާހަކަ ދައްކަމުން ގެންދާނަން،" ޖަވާބުގައި އެ ކުއްޖާ ބުނެ އެވެ.

ނަމަވެސް 10 މީޓަރަށް މައްޗަށް ނެގިތާ 24 ގަޑިއިރު ފަހުން، ކުއްޖާ ވާހަކަ ދެއްކުން ހުއްޓުނެވެ.

"ވަރަށް ބޮޑު ހިތާމައެއް. ތުއްތު ތުއްތު ހައިދަރު ވަނީ އަހަރެމެންނާ ވަކިވެފައި،" ތާލިބާނުންގެ ދާޚިލީ ވުޒާރާގެ ސީނިއާ އެޑްވައިޒަރު އަނަސް ހައްގާނީ ޓްވީޓް ކުރެއްވި އެވެ.

އަފްޣާނިސްތާނުގައި މި ހާދިސާ ހިނގާފައި ވަނީ މޮރޮކޯގައި ވެސް ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި އެ ކުއްޖާ ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގިތާ ދެ ހަފުތާ ވެސް ނުވަނީހެވެ. ހަތަރު ދުވަސް ފަހުން އެ ކުއްޖާ ވަޅުން ނެގިއިރު އޮތީ މަރުވެފަ އެވެ.