18 ފެބުރުއަރީ 2022 - 11:05

ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސައިފި އެވެ.
ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން، ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސާވިސްގެ ކޮމާންޑަރަކަށް ޒުހުރީ ވަނީ ބަދަލުކޮށްފަ އެވެ.
ކާނަލްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަމަޖެއްސި ޒުހުރީ ވަނީ މީގެ ކުރިން ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރުކަން ވެސް ކުރައްވައިފަ އެވެ. ޕްރެޒިޓެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަން ކުރެއްވީ އޭގެ ފަހުންނެވެ،
އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރުކަން ވެސް ޒުހުރީ ކުރެއްވި އެވެ.