މިތުންގެ ދަރިފުޅު ކާރު ދުއްވުމުގެ ހުއްދައެއް ނެތް، ޖިމަށް ގެންދަނީ ފެރީގައި
މިތުންގެ ދަރިފުޅު ކާރު ދުއްވުމުގެ ހުއްދައެއް ނެތް، ޖިމަށް ގެންދަނީ ފެރީގައި

އިންޑިއާގެ ކުޅަދާނަ ފިލްމީ ތަރި މިތުން ކަޗްރަވަތީގެ ހަގު ފިރިހެން ދަރިފުޅު، ނަމާޝީ ޗަކްރަވަތީ މި އަހަރު، "ބޭޑް ބޯއީ" އިން ފިލްމީ ދާއިރާ އަށް ތައާރަފު ވާނެ އެވެ. އެ ފިލްމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން ނަމާޝީ އަށް އިންޑިއާގެ ނޫހަކުން ގުޅާލުމުން ބުނެފައި ވަނީ އޭނާ އެ ވަގުތު ހުރީ މުމްބާއީގެ ޓްރެފިކްގައި ތާށިވެފައި ކަމަށެވެ. އެއާ އެކު އެތައް ވާހަކަތަކެއް ވެސް އޭނާ ހިއްސާކުރި އެވެ.

ނަމާޝީ ބުނީ އޭނާ އަށް ރިކްޝާގައި ދަތުރުކުރަން ޖެހެނީ ބައްޕަ، މިތުންގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އަމިއްލަ އަށް އުޅަނދު ދުއްވަން އެނގުނަސް އެ ހުއްދަ ބައްޕަ ނުދޭ ކަމަށެވެ.

ބައްޕަ ބުނަނީ އޭނާ އަށް ކާރު ދުއްވަން ދީފި ނަމަ، މިތުން އެތައް މަސައްކަތުން ހޯދި ސާމާނު ބޭކާރުވާނެއޭ ކަމަށް ނަޝަމީ ބުންޏެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ މިތުން ނުދޭތީ އޭނާ ޖިމަށް ދާން ވެސް ޖެހެނީ ފެރީގައި ކަމަށް އޭނާ ބުންޏެވެ.

މުމްބާއީގެ އުތުރުގައި އޮންނަ މަދު އައިލެންޑް ކިޔާ ރަށެއްގައި ހުންނަ ޖިމަކަށް އޭނާ ދަނީ ފެރީގައި ކަމަށް ވެސް ބުންޏެވެ.

ނަމާޝީގެ ފުރަތަމަ ފިލްމު ލަސްވީ ކޮވިޑްގެ ސަބަބުންނެވެ. މިދިޔަ އަހަރު ނެރެން އޮތް އެ ފިލްމު މިހާރު ނެރޭ ގޮތަށް ހަޖައްސާފައި ވަނީ މި އަހަރެވެ. އެކަމަކު އަދި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އުމުރުން 29 އަހަރުގެ ނަމާޝީ ބުނި ގޮތުގައި ފިލްމީ ދާއިރާގައި އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އޭނާ އަކީ ސްޓާރެއްގެ ދަރިއެއްގެ ގޮތުގައި ބަލައިގަންނާތީ އެވެ. މިހާރު ވެސް ތަރިއެއްގެ ދަރިއަކަށް ވާތީ ގިނަ ބަޔަކު އޭނާގެ ފަރާތުން ބޮޑެތި އުއްމީދުތައް ކުރާ ކަމަށާއި އެކަމަކު އެ ކަހަލަ ޕްރެޝަރެއް ނެތި ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުން ކަމަށް ބުންޏެވެ.