މާލެއިން ކޮވިޑް ޖެހުނު އަދަދު 150 އިން ދަށަށް
މާލެއިން ކޮވިޑް ޖެހުނު އަދަދު 150 އިން ދަށަށް

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 146 އަށް ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ކޮވިޑަށް ޓެސްޓްކުރާ އަދަދު ވެސް ވަނީ 4374 އަށް ދަށްވެފަ އެވެ. މުޅި ރާއްޖެއިން އެ އަދަދަށް މީހުން ކޮވިޑަށް ޓެސްޓްކުރިއިރު މާލެއިން ނެގި ސާމްޕަލްގެ އަދަދަކީ 1408 އެވެ.

އޭގެ ތެރެއިން މާލެއިން ކޮވިޑް ޖެހުނީ 146 މީހަކަށެވެ. އަދި ބާކީ 792 މީހުންނަކީ ރަށްރަށުން ކޮވިޑް ޖެހުނު މީހުންނެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވީ 59 މީހެކެވެ.

މިއާ އެކު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 162،169 އެވެ. އަދި 146،161 މީހަކު ބަލިން ރަނގަޅުވެ އެކްޓިވް ކޭސްތަކުގެ އަދަދު 15،706 އަށް ވަނީ އަރައިފަ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އިއްޔެ 30 ގައި ހުއްޓަސް މިއަދު އެ އަދަދުހުރީ 26 ގަ އެވެ. އަދި ބަލީގައި މަރުވި މީހުުންގެ އަދަދު ފާއިތުވި 24 ގަޑިިއިރު ބަދަލެއް ނުވެ އެވެ. މިހާތަނަށް ބަލީގައި މަރުވީ 289 މީހުންނެވެ.