ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

ދުނިޔޭގެ އެތައް ގައުމަކަށް އޭރު ވެސް އޭނާ ވަޑައިގެން ތަޖުރިބާ ކުރައްވައިފި އެވެ؛ އެކަމަކު ރާއްޖެ އަކީ އޭނާ އަށް އެންމެ ތަފާތު ތަޖުރިބާ ކުރެއްވުނު ގައުމެވެ. އޭނާ އަށް ފެނިވަޑައިގަތީ، ދުނިޔޭގެ ޗާޓުގައި ތިކިތަކެއްހެން އޮތަސް، މި ގައުމުގައި ފޮރުވިފައިވާ ރީތިކަމެވެ. އޭނާ އަށް ގަބޫލުކުރެއްވުނީ އެ މަންޒަރު ދެކެން ދުނިޔޭގެ އެތައްމިތަނުގައި އެތައް ބަޔަކު ތިބޭނެ ކަމެވެ. އެހެންވެ، އެ ވިސްނުމުގައި އޭނާ މަސައްކަތް ފެއްޓެވި އެވެ.

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން، އޭނާގެ ތިން އެކުވެރިން ކަމަށްވާ މަސްއޮޑި އަހުމަދު ނަސީމާއި ކޮލި މުހަންމަދު އުމަރު މަނިކާއި ޗަމްޕާ ހުސެއިން އަފީފަށް ދެއްވީ އޭނާ އެވެ. އޭނާ ދެއްވީ ހަމައެކަނި ހިޔާލެއް ވެސް ނޫނެވެ.. އެކަން ހަގީގަތަކަށް ހައްދަވަން، ފައިސާ އާއި ތަކެތީގެ ގޮތުން ވެސް އެހީތެރިވެ ދެއްވި އެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓް ގުރޫޕު ގެނައުމާއި ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓް ހުޅުވުމުގައި ވެސް އޭނާ އަކީ އެންމެ މުހިންމު ބައިވެރިޔާ އެވެ. މުޅި ޓޫރިޒަމް ސިފަކޮށްދިނީ އޭނާގެ ސިކުނޑީންނެވެ.

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

އެ ތަޖުރިބާތައް ހިއްސާ ކުރައްވަމުން، އޭރު ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި އުޅުއްވި ކޯބިން "މިހާރު" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަށް ރާއްޖެ ފެނުނީ އޭނާގެ ކަސްޓަމަރުންނަށް މުޅިން އާ ޕްރޮޑަކްޓެއް ހޯދައިދިނުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ކަމަށެވެ. ޗާޓުގައި ރާއްޖެ އޮތް ގޮތް ފެނި ޝައުގުވެރިކަން އުފެދުނީ ކަމަށާއި ރާއްޖެ އަށް ވަޑައިގެންނެވުން ވީ އޭނާ އަށް ކުރެއްވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

"އޭރު އަޅުގަނޑުގެ ކަސްޓަމަރުން ޑައިވްކޮށް ހަދަނީ ރެޑްސީ ފަދަ ތަންތަނަށް. އެ މީހުން ބޭނުންވީ ތަންކޮޅެއް 'އެގްޒޯޓިކް' އިހުސާސް ކުރުވައިދޭ މަންޒިލެއް. އެކަހަލަ ތަނެއް ހޯދަން އުޅުމުގެ ތެރޭގައި ޗާޓުން ސިލޯނާ ކައިރިން ކުދި ތިކިތަކެއް ފެނިގެން ޝައުގުވެރިވީ. ފުރަތަމަ ރާއްޖެ އަށް އާދެވުނީމަ ވެސް ހީވީ އަޅުގަނޑު މިހިރީ 'ސުވަރުގޭގަ'އޭ. މޫދާއި ގޮނޑުދޮށާއި ދިވެހިންގެ ހިތްހެޔޮކަން ވަރަށް ކަމުދިޔަ،" ކޯބިން ވިދާޅުވި އެވެ.

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

"މިއީ އަޅުގަނޑު ފައިސާ އަށް ކުރި ކަމެއް ނޫން. އަޅުގަނޑަކީ ޑައިވްކުރަން ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. އެހެންވެ ބޭނުންވީ އަޅުގަނޑަށް އެ ކުރެވުނު އިހުސާސްތައް އެހެން މީހުންނަށް ވެސް ކުރުވައިދޭން."

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

އެކަމަކު އެ ފެއްޓެވި މަސައްކަތް މިހާރު މި ވަނީ ދިވެހި ހުރިހާ ރައްޔިތުންގެ ލެއާ ގުޅިފަ އެވެ. ރާއްޖޭގެ އިގްތިސާދު އެއަށް ބަރޯސާވާ އިންޑަސްޓްރީއަކަށް ޓޫރިޒަމް ވަނީ ބަދަލުވެފަ އެވެ. މިއީ، ދިވެހި ހުރިހާ ރައްޔިތުން ކޯބިން އަށް ޝުކުރު އަދާކުރާނެ ކަމެކެވެ.

ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!
ކޯބިންގެ ހާއްސަ އިންޓަވިއު: 50 އަހަރުން ވެސް ބަދަލުނުވަނީ ދިވެހިންގެ ހިތްހެޔޮކަން!

ކޯބިން ރާއްޖެ ގެންނެވީ މިހާރުގެ ހެލްތު މިނިސްޓަރު ނަސީމެވެ. އެ ދެ ބޭފުޅުން ބައްދަލުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނެވެ. ދެ ބޭފުޅުން އެކުގައި ރާއްޖެ ވަޑައިގެން ކުރެއްވި ތަޖުރިބާތަކަށް ފަހު، ޓޫރިސްޓުންގެ ގުރޫޕެއް ރާއްޖެ ގެނެސް ތަޖުރިބާކޮށް އޭގެ ފަހުން ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖްް 1972ގައި ބިންގާ އެޅި އެވެ.

ކުރުނބާ ވިލެޖަކީ ކޯބިންގެ 50 ޕަސެންޓް ހިއްސާއާ އެކު ހުޅުވި ރިސޯޓެކެވެ. ނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި އޭނާ އެ ރިސޯޓްގެ ހިއްސާ ދޫކޮށްލެއްވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޭރު މަސައްކަތް ބުރަވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، އެރު ވެސް އޭނ ގެންދިޔައީ އާ ތަންތަން ބަލައި، ޓޫރިޒަމް ތައާރަފު ކުރައްވަމުންނެވެ.

"އަޅުގަނޑަކީ އެޑްވެންޗަރާއެއް. ބޭނުންވީ އާ ކަންތައްތަކެއް ކުރަން. އިންޑިއާގެ ލަކްޝަދީބުގެ ހަމައެކަނި ރިސޯޓަކީ ވެސް އަޅުގނޑު ހުޅުވި ރިސޯޓެއް. ސޫދާންގެ ފުރަތަމަ ރިސޯޓް އޭރުގެ ރައީސް ނިމޭރީ އަށް ހަދައިދިނީ ވެސް އަޅުގަނޑު. މިގޮތަށް ބައިވަރު ގައުމުތަކުގައި ފުރަތަމަ ރިސޯޓް ހުންނާނެ ހުޅުވާފައި. އެހެންވެ އެ މަސައްކަތްތައް ކުރަން ކުރުނބާގެ ހިއްސާ ދޫކޮށްލީ. [އެކަމަކު] އަސްލު އެ ކުރެވުނީ އެހާ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންގެ ގްރޫޕެއް ގޮވައިގެން ރާއްޖެ އަށް ވަޑައިގަތް ފުރަތަމަ ދަތުރު ކޯބިން ސިފަ ކުރެއްވީ ހުރިހާ ކަމެއް ވެސް ފުރިހަމަ ދަތުރެއްގެ ގޮތުގަ އެވެ. އެ ދަތުރުގެ ހުރިހާ ބައިވެރިންނަށް ވެސް ރާއްޖޭގެ ރީތިކަމާއި ކެއުމާއި ދިވެހިންގެ ސަގާފަތާއި މެހެމާންދާރީ ކަމުދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ފުރަތަަމަ ޓޫރިސްޓުންގެ ގްރޫޕުގައި އިޓަލީގެ ޓޫރިސްޓުންނާއި ކޯބިން އާއި އޭނާގެ އަންހެން ދަރިފުޅު އަދި އެ ގައުމުގެ ނޫސްވެރިންތަކެއް ވެސް އައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ތަފާތު ކަމަކަށް ފެނުނީ ދިވެހިންގެ ހިތްހެޔޮކަން ކަމަށެވެ. މިއީ މިހާރު ވެސް ގިނަ ޓޫރިސްޓުންގެ ފަރާތުން އިވޭ ވާހަކައެއް ކަމަށާއި، 50 އަހަރުވީ އިރު ވެސް އޭނާ އަށް އަދިވެސް ބަދަލު ނުވެ އޮތް ކަމެއްގެ ގޮތުގައި ފެނިވަޑައިގަތީ އެ ސިފަ ކަމަަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ގައުމަށް ހިނގައްޖިން. އެކަމަކު ދިވެހިންހާ ހިތްހެޔޮ ބަޔަކު ނުދެކެން. ބައެއް ގައުމުތަކުގައި ޓޫރިޒަމް ކުރި ނާރަނީ އެ ގައުމުތަކުގެ މީހުން ރަނގަޅު ނޫން ވީމަ. އަޅުގަނޑު އެދެނީ ދިވެހިންގެ އެ ހިތްހެޔޮކަން ދުވަހަކު ވެސް ބަދަލު ނުކުރުމަށް،" ކޯބިން ވިދާޅުވި އެވެ.

ކޯބިން ވިދާޅުވީ ގިނަ އަހަރުތަކެއް ފަހުން އޭނާ ރާއްޖެ ވަޑައިގަތް އިރު، ޓޫރިޒަމް ކުރިއަރާފައިވާ ވަރު ފެނި ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ. އަދި ޓޫރިޒަމަށް އައިސްފައިވާ ބަދަލާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައި އޮތަސް މި ދާއިރާ ފުޅާކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކޯބިން ވިދާޅުވި އެވެ. އެގޮތުން ދަތުފަތުރުގެ ނިޒާމް ރަނގަޅު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފެހިކަން އިތުރުކޮށް، މާލެއާ ކައިރީގައި އޮންނަ ފުނަދޫގައި ހުރި ޓޭންކުތައް ނުފެންނަ ގޮތް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ދާއިރާއަކީ ޑައިވިން ކަމަށްވާއިރު ފަރުތައް ހަލާކު ނުކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

"އެމެރިކާއާ ރާއްޖެ މި އޮންނަނީ ވަރަށް ދުރުގައި. އެއާޕޯޓުގައި ވެސް ނުވަ ގަޑިއިރު މަޑުކުރަން ޖެހޭ ބައެއް ފަހަރު. އެހެންވީމަ އެއީ ބަދަލުކުރަން ޖެހޭ ކަމެއް،" ކޯބިން ވިދާޅުވި އެވެ.

"ޑައިވަރުންނަށް ރާއްޖޭގެ ފަރުތައް ކައިރީގައި ޑައިވްކުރަން ވަރަށް ކަމުދޭ. ތަފާތު ކުލަކުލައިގެ މަހާއި މުރަކަތައް ބަލާލަން ބޭނުންވާ މީހުން ބައިވަރު. އެހެންވެ، ޓޫރިޒަމް ކުރިއަރުވަން ބޭނުންވާ ނަމަ ފަރުތަކަށް ގެއްލުން ނުދީ."

ކޯބިން ވިދާޅުވި ގޮތުގައި ރާއްޖެއާ ދުރު ގައުމުތަކުން ރާއްޖެ އަށް އަންނަން ކިތަންމެ ވަގުތެއް ނެގި ނަމަވެސް އެނބުރި ދަނީ ހިތްހަމަ ޖެހިގެންނެވެ. އަދި އެ ވާހަކަތައް އޭނާއާ ހިއްސާ ކުރުމުން އުފާވާ ކަމަށާއި ރާއްޖެއާ މެދު ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯބިން މިހާރު ހުންނެވީ ރިޓަޔާ ކުރައްވައިގެންނެވެ. ނަމަވެސް ރާއްޖެ އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އޭނާ ބޭނުންވެ ވަޑައިގަންނަވަނީ އެމެރިކާގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާށެވެ.

އޭނާ ވިދާޅުވީ އެމެރިކާގައި ރާއްޖެ، ހަނީމޫން މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ނަމަވެސް އޭނާގެ ވިސްނުން ހުރީ ޑައިވިން މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރައްވަން ކަމަށެވެ. ރާއްޖޭގެ ލިވަބޯޑަކީ ޑައިވަރުންނަށް އެންމެ ރަނގަޅު ހިދުމަތް ކަމަށާއި އެ ޕްރޮޑަކްޓް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑައިވަރުންނަށް ވަރަށް ކަމުދާނެ ލިވަބޯޑް. ޑައިވަރުންނާ މޫދާ އޮންނާނީ ވަރަށް ތަފާތު ގުޅުމެއް. އެހެންވެ ޑައިވަރުން ބޭނުން ވާނީ މިގޮތަށް ކަނޑުމަތީގައި ތިބެން. އެހެންވެ މިއީ އެމެރިކާގެ މާކެޓަށް ވަރަށް ރަނގަޅު ކަމެއް،" ކޯބިން ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހިންގާ ހަރާކަތްތަކުގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގެންނެވި، މި ދަތުރުގައި ރާއްޖޭގެ ލިވަބޯޑް އެސޯސިއޭޝަނާ ވެސް އޭނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި އަންނަ މަހު އެމެރިކާއިން ޓޫރިސްޓުންގެ ގްރޫޕެއް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިން މިއަދު ފަހުރުވެރިވާ، ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމް ވަރަށް ހާލުގައި ވެސް ފެށުމުގައި ކޯބިންގެ އަމިއްލަ މަސްހަލަތެއް ނެތެވެ. ޓޫރިސްޓުން ގެނައުމާއި ކުރުނބާ ވިލެޖް ހެދުމުގައި އޭނާގެ އަމއްލަ ފައިސާ އާއި އެތައް ވަގުތެއް އޭނާ ހޭދަކުރެއްވި އެވެ. މުޅި ޓޫރިޒަމް އެރު އޮތީ އޭނާގެ ސިކުނޑީގެ ތެރޭގަ އެވެ.

"އަޅުގަނޑަކީ ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެކޭ ބުނާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.