ރަޝްމިކާ ބޭނުމީ ލޯތްބާ އެއްވަރަށް އިހުތިރާމުދޭނެ ބައިވެރިއެއް
ރަޝްމިކާ ބޭނުމީ ލޯތްބާ އެއްވަރަށް އިހުތިރާމުދޭނެ ބައިވެރިއެއް

ތެލޫގޫ ތަރި، ރަޝަމިކާ މަންޑަނާ އަކީ ހިޓު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. އެންމެ ފަހުން، އައްލޫ އަރްޖުންއާ އެކު "ޕުޝްޕާ" އިން ފެނުނު ރަޝަމިކާ މިވަނީ އޭނާ ބައިވެރިއަކު އިހުތިޔާރުކުރުމުގައި ބަލާނެ ސިފަތައް ކިޔައިދީފަ އެވެ.

ރަޝްމިކާ ބޭނުމީ ލޯތްބާ އެއްވަރަށް އިހުތިރާމުދޭނެ ބައިވެރިއެއް
ރަޝްމިކާ ބޭނުމީ ލޯތްބާ އެއްވަރަށް އިހުތިރާމުދޭނެ ބައިވެރިއެއް

އުމުރުން 25 އަހަރުގެ ރަޝަމިކާ ބުނީ ލޯތްބަކީ އެކަކު އަނެކަކަށް އިހުތިރާމާއި ވަގުތުދިނުން ކަމަށެވެ. އަދި އެމީހެއްގެ ކައިރީގައި އުޅޭއިރު ރައްކާތެރިކަން އިހުސާސް ކުރެވުން ކަމަށާއި އެއީ އިހުސާސްއަކަށް ވާތީ މާ ބޮޑަށް ކިޔައިދޭން ނޭނގޭ ކަމަށެވެ. އަދި ދެ މީހެއްގެ މެދުގައި އޮތް ގުޅުން ރަނގަޅުވާނީ ދެ މީހުން އެކުގައި މަސައްކަތްކުރުމުން ކަމަށް އޭނާ ދެކެ އެވެ.

ތެލޫގޫ ތަރި، ވިޖޭ ދެވަރަކޮންޑާ އާއި ރަޝަމީކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވިޔަސް އެކަން ރަސްމީކޮށް އެމީހުން އިއުލާނެއް ނުކުރެ އެވެ. އެކަަމަކު ގާތް ގުޅުމެއް އޮވެ އެވެ.

ރަޝަމީކާ ބުނީ އޭނާ ކައިވެންޏެއް ކުރަން އަދި މާ އަވަސް ކަމަށެވެ. އެކަމާ ނުވެސް ވިސްނާ ކަމަށާއި ކައިވެނިކުރާނީ ކޮމްޕޮޓަބަލްކޮށް އުޅެވޭނެ މީހަކާ ކަމަށެވެ.

ޕުޝްޕާގެ ކާމިޔާބީ އަށް ފަހު ރަޝަމީކާ ބޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ އަޑު ވެސް ގަދަ އެވެ. އެކަމަކު މިހާތަނަށް އެކަން އިއުލާނެއް ނުކުރެ އެވެ.