ސިމޯން ބައިލްސް އެންގޭޖުވެއްޖެ
ސިމޯން ބައިލްސް އެންގޭޖުވެއްޖެ

އެމެރިކާގެ މަޝްހޫރު އޮލިމްޕިއަން އަދި ޖިމްނަސްޓް ސިމޯން ބައިލްސް އެންގޭޖް ވެއްޖެ އެވެ.

ސިމޯންގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ޖޮނަތަން އޮވެންސްއާ އެންޖޭގުވެފައިވާ ކަމަށެވެ.

އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިޔެއް ކަމަށްވާ ޖޮނަތަން އާ އެންގޭޖުވި ކަމަށް އާންމުކުރި ޕޯސްޓުގައި ޕްރޮޕޯސަލް ހުށަހެޅި ވަގުތުގެ ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ. އަދި ޖޮނަތަން އަށް އާއެކޭ ބުނުމަކީ މިހާތަނަށް ކުރި އެންމެ ފަސޭހަ ކަންތައް ކަމަށް ސިމޯން ބުންޏެވެ.

އުމުރުން 24 އަހަރުގެ ސިމޯންއާ ޖޮނަތަން ދިމާވީ ޑޭޓިން އެޕް އަކުން 2020 ވަނަ އަހަރު މާޗު މަހުގަ އެވެ. ކޮވިޑްގައި އެންމެ ހާލަތު ގޯސްވެ، އެންމެން ގޭގައި މަޑުކުރަން ޖެހުނު ދުވަސްކޮޅު، ދެމީހުން ވެސް އެކަކު އަނެކަކު ގެއަށް ޑޭޓްތަކަށް ގޮސް އުޅުނު ކަމަށްވެ އެވެ.

އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެ އަހަރު ފެތުރެނު ނަމަވެސް އެކަން ކަށަވަރު ކޮށްދީފައި ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓުގަ އެވެ.