15 ފެބުރުއަރީ 2022 - 20:06

އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަން މި އަަހަރު ވެސް ފަށައިފި އެވެ.
"ފިނި ފިނި ހިޓާޗީ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އޭސީ ގަންނަ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައި އަންނަ އޭޕްރިލްގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.
މި މުއްދަތުގައި އޭސީ ގަންނަ މީހުންގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. މި ލަކީޑްރޯއިން ހޮވޭ 10 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 10،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.
މިދިޔަ އަހަރުވެސް އެސްޓީއޯއިން ހިޓާޗީގެ ޕްރޮމޯޝަން ކުރިއަށްގެންދިޔަ އެވެ. މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އެ ކުންފުނީގެ ރޯދަ ޕްރޮމޯޝަން ވެސް ފަށާއފައިވާ އިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެ އެވެ.