މެސެޖް ނުކޮށްބަލަ! އިންސްޓަ ސްޓޯރީ އަށް މިހާރު ލައިކް ދެވޭ
މެސެޖް ނުކޮށްބަލަ! އިންސްޓަ ސްޓޯރީ އަށް މިހާރު ލައިކް ދެވޭ

އިންސްޓަގްރާމް ސްޓޯރީއަކަށް ރިއެކްޓްކޮށްފި ނަމަ، ކުރިން ސީދާ ދެވޭނީ އެ މީހެއްގެ ޑީއެމް އަށެވެ. އެކަމަކު މިހާރު އެކަން ހުއްޓުވަން އިންސްޓަ އިން ވަނީ އާ ފީޗާއެއް ތައާރަފު ކޮށްފަ އެވެ. އެއީ އިންސްޓަ ސްޓޯރީސް އަށް ލައިކް ދެވޭ ފީޗާއެކެވެ.

މި ފީޗާ އަށް ކިޔަނީ "ޕްރައިވެޓް ސްޓޯރީ ލައިކްސް" އެވެ.

ސްޓޯރީސް ހުޅުވާއިރު، އެންމެ ތިރީގައި އިންނަ މެސެޖުކުރާ އައިކަން އާއި ސްޓޯރީ ފޯވާޑް ކުރާ އައިކަން އާ ދެމެދުގައި "ހާޓް ޝޭޕް" ގެ މި ލައިކް ދެވޭ އޮޕަޝަން އިންނާނެ އެވެ. އެ ސްޓޯރީ އަށް ލައިކެއް ދިނުމުން އެ ލިބޭ މީހާ އަށް އޭނާގެ ވިއުއާސް ޝީޓުން ލައިކް ދިން މީހުން އެނގޭން ހުންނާނެ އެވެ.

އެކަމަކު ސްޓޯރީސްތަކުގައި ލައިކްގެ އަދަދެއް ޕަބްލިކަށް ފެންނާކަށް ނުހުންނާނެ އެވެ. އިންސްޓަ ފީޑަށް ލާ ޕޯސްޓުތަކުގެ ވެސް ލައިކް ކައުންޓް ފޮރުވޭ ގޮތް ވަނީ ދުވަސްކޮޅެއް ކުރިން ހަދައިފަ އެވެ.