އައިކެއާގެ "ޝެއާ ދަ ލަވް" ޕްރޮމޯޝަން ފަށައިފި
އައިކެއާގެ "ޝެއާ ދަ ލަވް" ޕްރޮމޯޝަން ފަށައިފި

އައިކެއާއިން "ޝެވާ ދަ ލަވް"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިކެއާގެ "ޝެއާ ދަ ލަވް" ޕްރޮމޯޝަން ފަށައިފި
އައިކެއާގެ "ޝެއާ ދަ ލަވް" ޕްރޮމޯޝަން ފަށައިފި

މިއީ މި މަހަށް ހާއްސަ ކޮށްގެން އައިކެއާ އިން ފެށި ޕްރޮމޯޝަނެކެވެ. އެ ފިހާރައިން 2،000ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އައިކެއާއިން އަވިއައިނެއް ނުވަތަ ނަންބަރު އައިނެއް ގަތުމުން ދެވަނަ ފަހަރަށް ގަންނަ އައިނުން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

އައިކެއާގެ ހުރިހާ ފިހާރައެއްގައި ވެސް މިމަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

އައިކެއާއިން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތް ދެމުންނެވެ. މިއީ ލޮލުގެ މައްސަލަތަކާ ގުޅުންހުރި ހިދުމަތްތަކުގައި ގިނަ ބަޔަކު އިތުބާރުކުރާ ބްރޭންޑެކެވެ.

މިއީ ލޮލާ ގުޅުންހުރި ހުރިހާ ހިދުމަތެއް އެއްތަނަކުން ދެމުން އަންނަ ރާއްޖޭގެ ހަމައެކަނި ކުންފުންޏެވެ. މި ހިދުމަތް ދެމުން އަންނަނީ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ލޮލުގެ ޑޮކްޓަރުންނެވެ.