15 ފެބުރުއަރީ 2022 - 15:03

ށ. ނޫމަރާގެ ފަރަށް 2019 ގައި ބާޖެއް އަރައި ލިބުނު ގެއްލުމަށް ކުރި ޖޫރިމަނާގެ ގޮތުގައި 61.6 މިލިއަން ރުފިޔާ ދައްކައިފި އެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ނޫމަރާ ފަރަށް އެރި "މެރިން ޕަވާ 2317" ބޯޓުގެ ވެރިފަރާތުން އެމްއެމްއޭއަށް ޖޫރިމަނާ ދައްކާފައިވާ ކަމަށެވެ. މި ޖޫރިމަނާ ދެއްކިއިރު ރަސްފަރީ ފަރަށް ބޯޓެއް ފަރަށް އަރައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 154 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.
ނޫމަރާގެ ބަނދަރު ހަދަން ގެނައި ބާޖު އެރަށުގެ ނެރުމައްޗަށް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވި އެވެ.
އީޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ބާޖު ނޫމަރާ ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި ފަރުގެ 1،632 އަކަމީޓަރު ސަރަހައްދަށް ގެއްލުން ލިބިފައިވާ ކަމަށް އެ އެޖެންސީން ކުރި ސާވޭ އިން ވަނީ އެނގިފަ އެވެ. އެހެންވެ، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61،681،316ރ. އިން ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރީ އެވެ.
ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބޯޓުގެ ބައިތައް ނަގައި ނިމުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.