ރެއިންބޯގެ ރޯދަ ސޭލް ފަށައިފި
ރެއިންބޯގެ ރޯދަ ސޭލް ފަށައިފި

ރެއިންބޯގެ މިއަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި 500ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ އެވެ.

މި ސޭލްގައި ބައިވެރިވާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކު ހޮވާނެ އެވެ. އިނާމުގެ ގޮތުގައި އެއްވަނަ އިނާމަކަށް މެކްބުކް ޕްރޯއެއް ހުށަހަޅާފައިވާއިރު ދެވަނައަށް އައިސަލަމާރިއެއް އަދި ތިންވަނައަށް ދޮންނަމެޝިނެއް ވަނީ ހުށަހަޅައިފަ އެވެ.

މި ސޭލް ރެއިންބޯގެ ހުރިހާ ފިހާރަތަކާއި އޮންލައިން ސްޓޯރުގައި ކުރިއަށްދާނެ އެވެ. އެއީ ރެއިންބޯ ލިވިންގް މޯލް އާއި ލިވިންގް ޑިޒައިން ސްޓޫޑިއޯ އާއި، ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އާއި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އައްޑޫ އަދި އެވްކޯ އެވެ.

ސޭލްގެ ގުރުއަތު ނެގުން އޮންނާނީ މޭ މަހުގެ 28ވަނަ ދުވަހުގެ ރޭ 9:00ގައި ހުޅުމާލޭގައި ހުންނަ އެވްކޯ، ފިހާރައިގައި ކަމަށް ރެއިންބޯއިން ބުންޏެވެ.