15 ފެބުރުއަރީ 2022 - 10:56

ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނީ ހދ. ނޮޅިވަރަން މީހެއް ކަމަށްވާ އަހުމަދު ޝަހުބާން، 27، އަކީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ ޗިޓު ހަވާލުކުރެވިފައިނުވާ މީހެއް ކަމަށެވެ.
އުޅޭ ތަނެއް ނޭނގޭތީ ޗިޓް ހަވާލު ނުކުރެވި ފުލުސް އޮފީހަށް ހާޒިރު ނުކުރެވިގެން އުޅޭ މި މީހާގެ މައްޗަށް ތުހުމަތުކުރާ ބްލެކްމެއިލް މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލައިގެ ތަހުގީގަށް، އަންނަ ހޯމަ ދުވަހު ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވާން އަހްމަދު ޝަހުބާނަށް ފުލުހުންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.