15 ފެބުރުއަރީ 2022 - 06:26

މާ ގިނައިން ހަކުރު ބޭނުންކުރުމަކީ ހަށިގަނޑަށް ރަނގަޅު ކަމެއް ނޫނެވެ. އެހެންވެ، ހަކުރު ބޭނުންކުރާ މިންވަރު މަދުކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރެވެ އެވެ. ނަމަވެސް ގިނަ ފަހަރަށް އެކަންތައް އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފަ އެވެ. މި ކިޔައިދެނީ އެކަމަށް ކުޑަަ ލުޔެކެވެ.

އާންމުކޮށް ފޮނި އެއްޗެހި ނުވަތަ ހަކުރުގެ ބާވަތް ހިމެނޭ އެއްޗެއްސަކީ ވަރަށް ކާހިތްކުރުވާ އެއްޗެއްސެވެ. އެހެން ވަނީ ހަށިގަނޑުގެ ބްލަޑް ޝުގާގެ މިންވަރު މަދުވުމުންނެވެ. ބްލަޑް ޝުގާ މަދުވުމުން ބަނޑުހައިކަން އިހުސާސްކުރެވޭ ވަރު އިތުރުވެ އެވެ. އަދި ފޮނި އެއްޗެހި ކާހިތްވެ، އެ ކެއުމުން ވަރަށް ފަސޭހައިން ބަނޑު ފުރޭ ކަމުގެ އިހުސާސް ކޮށްދެ އެވެ.

ނަމަވެސް ބްލަޑް ޝުގާގެ މިންވަރު މަތި ކުރުމަށް ކޮންމެހެން "އާޓިފިޝަލް ހަކުރު" ބޭނުމެއް ނުވެ އެވެ. އަމިއްލަ ސިއްހަތަށް ފަައިދާ ވާނެ އަދި ރައްކާތެރި ގޮތްގޮތުން ވެސް ހަކުރުގެ މިންވަރު މަތިކޮށްލެވޭނެ އެވެ. މި ހިމަނާލަނީ އެކަމަށް ބައެއް ބުއިންތަކެވެ.

މާޗާ އަކީ މިހާރު މީހުންނަށް މުޅިިން އާ އެއްޗަކަށް ނުވާނެ އެވެ. މިއީ ޖަޕަނީސް ގްރީން ޓީ އަށް ކިޔާ ނަމެކެވެ. އެހެން ކަހަލަ ގްރީން ޓީ އާ ތަފާތުކޮށް މާޗާ ތައްޔާރުކުރާ ގޮތް ތަފާތެވެ. މާޗާ ތައްޔާރުކުރާނީ ސައިފަތްތައް ފުނޑުކޮށް، ފުށަށް ބަދަލުކުރުމަށް ފަހު ހޫނުފެނާ އެއްކޮށްގެނެވެ. މި ގިރަން ބޭނުންވާނީ ހަމައެކަނި ހޫނު ފެނެވެ.
މާޗާ ބޭނުންކުރާ ނަމަ، ހަށިގަނޑަށް ބޭނުންވާ އިންސިއުލިން އިތުރުކޮށްދެ އެވެ. އަދި މީގެ ސަބަބުން ގްލޫކޯޒް ނަގާ މިންވަރު އިތުރުކޮށްދޭ ކަމަށް ވެސް ދައްކަ އެވެ. އަދި އޭގެ ނަތީޖާއަކަށް ވަނީ ބްލަޑް ޝުގާގެ މިންވަރު އިތުރުކޮށްދިނުމެވެ.
ރީނދުލަކީ އެތައް ފައިދާތަކެއް އޭގެ ސަބަބުން ކޮށްދޭ އެއްޗެކެވެ. ގޯލްޑެން މިލްކްގެ ނަން ދީފައިވާ މި ބުއިމުގެ ސަބަބުން ބްލަޑް ޝުގާ ރެގިއުލޭޓް ކުރެވޭނެ އެވެ. މި ބުއިން ތައްޔާރުކޮށް ގިނަ ފައިދާތައް ހޯދައިދޭނެ އެންމެ މޮޅު ގޮތަކީ ހޫނު ކިރުތައްޓަކަށް ބައި ސައިސަމުސާ ރީނދުލާއި ފޮނިތޮށި އަދި ދެ އިނގުރު ފޮތި އެއްކޮށްލައިގެން ގިރުމެވެ.
ސްމޫތީ އަކީ ކަސްރަތުކޮށް، އާންމުކޮށް ޖިމަށް ގޮސް އުޅޭ މީހުން ވަރަށް ލޯބިވާ އެއްޗެކެވެ. އަދި އޭގެ ތެރޭގައި ފެހި އެކި ބާވަތްތައް ހިމެނޭ ސްމޫތީތަކަކީ ވަރަށް ކަމުދާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ވަރަށް ފައިދާ ވެސް ކުރާ އެއްޗެކެވެ. ކޭލް އާއި ސްޕިނެޗް އާއި ސެލެރީ އަދި ޗިއާ ސީޑްއާ އެކު ދޮންކެޔޮ އެއްކޮށްގެން ގިރާ ސްމޫތީ އަކީ ފައިބާއިން ފުރިގެންވާ އެއްޗެކެވެ. އަދި މިއީ ވެސް ބްލަޑް ޝުގާ ރެގިއުލޭޓްކޮށް، ފޮނި އެއްޗެހި ކާހިތްވާ މިންވަރު ދަށްކޮށްދޭ ބުއިމެކެވެ.