ދަނގެތީގައި ދެ ބިދޭސީއަކަށް ހަމަލާ ދިން މީހުންގެ ބަންދަށް ހަތް ދުވަސް
ދަނގެތީގައި ދެ ބިދޭސީއަކަށް ހަމަލާ ދިން މީހުންގެ ބަންދަށް ހަތް ދުވަސް

އދ. ދަނގެތީގައި ދެ ބިދޭސީއެއްގެ ގަޔަށް ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކާއި ޒުވާނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލަދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ޒުވާނެކެވެ.

މި މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް، އދ. އަތޮޅު ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ރޭ ފަތިހު ހިންގި މާރާމާރީގައި ޒަހަމްވި ދެ ބިދޭސީންގެ ހަށިގަނޑުގެ އެކި ތަންތަން ޒަހަމްކޮށްލި ނަމަވެސް، އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.