އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ
އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއު އަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ދޭ 50 މިލިއަން ޑޮލަރު (768 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އަދި އެ ފަންޑުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ދޭން ވެސް ވަނީ އެއްބަސްވެފަ އެވެ.

އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ
އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ދިން ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ސޮއިކުރެއްވި އިރު، އޮފިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ސުލޭމާން ޖާސިރު އަލް ހާބިޝް އެވެ.

އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ
އާ ޓާމިނަލްގެ މަސައްކަތަށް އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފި، އިތުރު 50 މިލިއަން ދެނީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މުނައްވަރު ވިދާޅުވީ ސެމީ ކޮންސެޝަނަލް އުސޫލުން ދިން މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ހަތަރު އަހަރު ދުވަސް ފަހުން ކަމަށެވެ. އެކަމަކު 14 އަހަރުގެ ތެރޭގައި އަނބުރާ ދައްކައި ހަލާސް ކުރަން ޖެހޭ ލޯނުގެ އިންޓަރެސްޓް ރޭޓެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ރަސްމިއްޔާތަށް ފަހު މުނައްވަރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އޮފިޑުން ވަނީ އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވެސް އެއްބަސްވެފަ އެވެ. އެކަމަކު، އެ ފައިސާ ހަމަޖެހޭނީ މަސައްކަތް ކުރިއަށް ދާ މިންވަރަކުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އޮފިޑުގެ އިސް ވެރިޔާ ސުލޭމާން ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އިންގާލީ ބަދަލުތަކެއް ގެންނަށް ދިވެހި ސަރުކާރުން އަންނަނީ ތައުރީފް ހައްގު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަކީ، އޭނާ ސިފަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ތަރައްގީ ދަމަހައްޓަން ކޮންމެހެން މުހިއްމު ކަމެކެވެ.

"މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ދޭން މި ތިބީ ތައްޔާރަށް،" ސުލޭމާން ވިދާޅުވި އެވެ.

އޮފިޑުން އަންނަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، 1977 އިން ފެށިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ލޯނު ވެސް ހިމެނޭ އިރު، އެއާޕޯޓުގެ ތަރައްގީ އަށް މީގެ ކުރިން ވެސް ލޯނު ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ކަންކަމުން އަންގައިދެނީ އޮފިޑުން ރާއްޖެ އަށް ދޭ އަހައްމިއްޔަތުކަން،" ގާތްގަނޑަކަށް 130 ގައުމެއްގައި ހިންގާ އެކި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަންޑުގެ ވެރިޔާ ވިދާޅުވި އެވެ.

މުނައްވަރު ވެސް ވަނީ އޮފިޑުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއާޕޯޓުގެ ތަރައްގީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް އޮފިޑުގެ އެހީގައި މިހާރު ވެސް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އައްޑޫގެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ހިންގާ މަޝްރޫއަށް އެ ފަންޑުން ދިން އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ހަވާލު ކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ބިން ލާދިން ގްރޫޕުންނެވެ.

ޓާމިނަލްގެ މަސައްކަތަށް މީގެ ކުރިން ވަނީ ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ކުވޭތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. އަދި އަބޫ ދާބީ ފަންޑާ އެކު އަންނަ މަހުގެ ތެރޭގައި ސޮއިކުރަން ވަނީ ނިންމައިފަ އެވެ.

އާ ޓާމިނަލް ހިމެނެނީ އައިއެންއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގަ އެވެ. ޓާމިނަލްގެ އިތުރުން، އާ ރަންވޭއެއް ވެސް އެއާޕޯޓުގައި އަޅަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.