ދަރިންނަށް ވިޓަމިން ޑީ ބޭނުންވަނީ އަވިން އެކަންޏެއް ނޫން
ދަރިންނަށް ވިޓަމިން ޑީ ބޭނުންވަނީ އަވިން އެކަންޏެއް ނޫން

ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުދިން ބޭރަށް ނެރެން ޖެހޭ ސަބަބުތައް ބައިވަރެވެ. ރޭގަނޑު ކުދިން ނިންދެވުމުގެ ކުރިން އެ ކުދިން ބޭރަށް ނެރެލުމަކީ ރަނގަޅު ކަމެކެވެ.

އަހަރެމެން ބޮޑެތި މީހުންނެކޭ އެއް ފަދައިން، ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިޓަމިން ޑީ ބޭނުންވެ އެވެ. ކުދިންގެ ހަށިގަނޑު ހެދިބޮޑުވަމުން އަންނަ އިރު، ކަށި ވަރުގަދަ ކުރުމަށް ބޭނުންވާ ކެލްސިއަމް އާއި ފޮސްފަރަސް ފަދަ މާއްދާތައް އެބްސޯބްކުރުމަށް ހަށިގަނޑަށް އެހީތެރިވާ އެއް މާއްދާ އަކީ ވިޓަމިން ޑީ އެވެ.

މަދުން ނަމަވެސް އެނގޭ އެއްޗަކީ، ވިޓަމިން ޑީ އަކީ އިމިއުނިޓީގައި އިސްދައުރެއް އަދާ ކޮށްދޭ މާއްދާއެއް ކަމެވެ. ހެދިބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ވެސް އެންމެ މުހިއްމީ ދުޅަހެޔޮ އިމިއުން ސިސްޓަމެކެވެ.

ގިނަ މީހުންނެކޭ އެއްގޮތަށް ކުޑަކުދިން ވެސް ވިޓަމިން ޑީ ހޯދަނީ އިރުގެ އަލިންނެވެ. ހަށިގަނޑަށް 50 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ވިޓަމިން ޑީ ލިބެނީ އިރުގެ އަލިންނެވެ. އަދި ބާކީ ލިބެނީ އަހަރެމެން ކާން ބޭނުން ކުރާ ކާނާ އިންނެވެ. ނަމަވެސް ވިޓަމިން ޑީ ލިބޭ ކާނާ ވަރަށް މަދެވެ.

މި ޒަމާނުގައި ކުދިން ގިނަ ވަގުތު ގޭތެރޭގައި ވަގުތު ހޭދަކުރުމުގެ ސަބަބުން ވިޓަމިން ޑީ ލިބެން ޖެހޭ ވަރަށް ނުލިބެ އެވެ. އަދި ގިނަ ފަހަރަށް ބޭރަށް ނުކުންނަ ނަމަ، އެ ކުދިންގެ ގައިގައި ސަންސްކްރީން ލޯޝަން އުނގުޅުމުގެ ސަބަބުން ވިޓަމިން ޑީ ފޯރުކޮށްދޭ 95 ޕަސަންޓު ދަށްކޮއްދެ އެވެ.

މި ހުރިހާ ސަބަބުތަކަށް ބަލާއިރު، ދިރާސާ ތަކުން ވިޓަމިން ޑީ ގެ ފަރަގު ބޮޑުކަން ދެއްކުމަކީ ހައިރާން ވާން ޖެހޭ ސަބަބެއް ނޫނެވެ.

ކުދިންނަށް ވިޓަމިން ޑީ ބޭނުން ވަނީ ހަމައެކަނި އިރުގެ އަލިން ނޫންކަން އެނގެންޖެހެ އެވެ. އެގޮތުން ވިޓަމިން ޑީ އަށް ހާއްސަ ކުޑަކުދިން ކާން ބޭނުންކުރާ "ވިޓަމިންޑީ ގަމީސް" ދިނުމުން އެ ކުދިންނަށް މަދުވާ ވިޓަމިން ލިބޭނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ޑީ އިން ކުދިންގެ އިމިއުން ސިސްޓަމް ވަރުގަދަކޮށްދެ އެވެ.

ކުދިން ބޭރަށް ނުގޮސް ގޭތެރޭގައި ވަގުތު ހޭދަކުރުމުން، އެ ކުދިންނަށް ވިޓަމިން ޑީ ފޯރު ކޮށްދިނުމަށް "ގަމީ" ވަނީ ވަރަށް ބޮޑު ލުޔަކަށް ވެފަ އެވެ. އެއީ ކުދިންގެ އެވްރެޖް ވިޓަމިން ޑީ ސަޕްލިމެންޓަކަށް ނުވާތީ ވެސް މެ އެވެ.

ކްލިނިކަލް ސްޓަޑީސް އިން ދައްކާ ގޮތުގައި ގަމީގައި ހިމެނޭ ވިޓަމިން ޑީ އިން ކެލްސިފިޑޯލް ލެވެލް ކުރީގެ ޓްރެޑިޝަނަލް ފެޓް-ސޮލިއުބަލް ނިއުޓްރިޝަން ފޯމެޓަށް ވުރެ ލިބޭ މިންވަރު އިތުރުވެ އެވެ.

އިމިއުން ސިސްޓަމުގެ ވާހަކަ ދެކެވޭ އިރު، ވިޓަމިން ސީ ޑިފޯލްޓް ކުރެވޭ ކުރުން ގޯހެއް ނޫނެވެ. ނަމަވެސް ވިޓަމިން ޑީ އަކީ އިމިއުން އާ ގުޅުން ހުރި ވަރަށް ހާއްސަ އެއްޗެކެވެ. ހަމައެކަނި ކުޑަ ކުދިންނަކަށް ނޫނެވެ. އެގޮތުން ބޮޑެތި މީހުންނަށް ހަތަރު މަސް ދުވަހުގެ ވިޓަމިން ޑީ ސަޕްލައި އަކާ އެކު ޓެސްޓު ކުރާ ކިޓް ލިބެން ހުރެ އެވެ.

ކުދިން ބޭރަށް ފޮނުވުމަކީ މި ކަންކަމުގައި ޝާމިލުވާ އެންމެންނަށް ވެސް ފައިދާ ހުރި ކަމެއް ކަން އެނގެ އެވެ. ތާޒާ ވައިގެ ތެރޭގައި ކުދިން ކުޅެން ނުވަތަ އެނޫން ވެސް ކަމެއްގައި ބޭރުގައި އުޅޭއިރު ގަމީ އަކީ ވިޓަމިން ލެވެލް މަތިކޮށްދޭނެ އެއްޗެކެވެ. އަވީގައި ނުވަތަ ހިޔަލުގައި އުޅުނު ކަމުގައި ވިޔަސް ކުދިންނަށް ލިބެން ޖެހޭ ވިޓަމިން ލިބޭނެ ކަން ޔަގީން ވާނެ އެވެ.

***

މައުލޫމާތު: މައިންޑް ބޮޑީ ގްރީން