13 ފެބުރުއަރީ 2022 - 23:23

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 187 އަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 1،030 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 187 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން 700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް 159،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވިޔަސް، މި ވަގުތު އެ ބަލި ޖެހިފައި ތިބީ 15،910 މީހަކަށެވެ. އޭގެ ތެރެއިން ވެސް ހޮސްޕިޓަލްގައި ފަރުވާ ދެނީ 31 މީހަކަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ މަހު ކުއްލިއަކަށް އިތުރުވުމަށް ފަހު އަނެއްކާވެސް ދަނީ އެ އަދަދު ދަށްވަމުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 289 މީހަކު ވަނީ މަރުވެފަ އެވެ.