ދަރިފުޅަށް ގިނައިން "ހަގް" ބޭނުންވޭ
ދަރިފުޅަށް ގިނައިން "ހަގް" ބޭނުންވޭ

ދަރިފުޅު ބޮޑުވަމުން އަންނަ އިރު އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ގިނައިން "ހަގް" ނުވަތަ ބައްދާލަން ބޭނުންވާ ކަމަށް ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ބައެއް އެކްސްޕާޓުން ބުނެފި އެވެ.

ދުވަހުގެ ބިޒީ ޝެޑިއުލްތަކަށް ފަހު ވަރުބަލިވެފައި ނުވަތަ ދެރަވެފައިވާ ކުޑަކުއްޖަކަށް އެންމެ ރަނގަޅު އެއް ބޭހަކީ އެކުއްޖާގެ އާއިލާ މެމްބަރެއް ނުވަތަ ގާތް އެކުވެރިއެއްގެ ގާތުން ހަގް އެކެވެ.

އިންސާނާގެ ސިކުނޑީގެ ހެދިބޮޑުވުމާ ގުޅޭ ދާއިރާ އަށް ހާއްސަވާ ކްލިނިކަލް ސައިކޮލޮޖިސްޓް ލީސާ ޑަމޫރު ބުނާ ގޮތުގައި ގާތް މީހެއްގެ ފަަރާތުން ކުޑަކުއްޖަކަށް ހަގް އެއް ލިބުމަކީ އިހުސާސެއް އެކަންޏެއް ނޫނެވެ. އެއީ ކުޑަކުއްޖާގެ ހެދިބޮޑުވުމަށް ވެސް ވަރަށް މުހިއްމު އެެއްޗެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

"ހަގްއެއް ލިބުމުގެ ސަބަބުން ކުޑަކުއްޖާގެ ނާވަސް ސިސްޓަމް ހަމައަކަށް އަޅުވައިދިނުމަށް އިސް ރޯލެއް އަދާކުރޭ. މިއީ ކުއްޖާގެ އިހުސާސްތައް ރެގިއުލޭޓް ކުރުމަށް ވަރަށް މުހިއްމު ކަމެއް،" ލީސާ ކިޔައިދިނެވެ.

އެކުވެރިންނާ އެކު ކުޅެން އުޅޭއިރު، ކުޑަކުދިންނަށް ލިބޭ ފިޒިކަލް ކޮންޓެކްޓަކީ ވެސް ވަރަށް ރަނގަޅު ކަމެއް ކަމަށް އޭނާ ފާހަގަކުރެ އެވެ. ނަމަވެސް ކޮވިޑާ އެކު ގޭގައި އަބަދު ތާށިވެފައި ތިބެން ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ބޭނުންވާ ފިޒިކަލް ކޮންޓެކްޓް އެންމެ ރަނގަޅަށް ނުލިބެ އެވެ.

އެހެންވެ، ވީހާ ވެސް ގިނައިން ހަގް އެއް ދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ލީސާ ފާހަގަކުރި އެވެ.