14 ފެބުރުއަރީ 2022 - 06:15

އިނގިރޭސިވިލާތުގެ ޒުލެއްގައި ހިނގާ ޕްރޮޖެކްޓަކަށް ފަންޑު ހޯދުމުގެ ގޮތުން، ކުރީގެ ލޯބިވެރިޔާގެ ނަމުން ކުރަތްޕަކަށް ނަން ދެވޭނެ ޕްރޮގުރާމެއް ފަށައިފި އެވެ.

މިއަދު ފާހަގަކުރާ ލޯބިވެރިންގެ ދުވަހާ ދިމާކޮށް، ހެމްސްލޭ ކޮސްވޭޝަން ސެންޓަރުން ފެށި މި ޕްރޮގްރާމްގެ ދަށުން ނަން ކިޔާ ކޮންމެ ކުރަތްޕަކަށް ދެ ޑޮލަރު ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނީ އެ ޒުލުން ދިރޭ ތަކެތި ހިމާޔަތްކުރުމަަށް ހިންގާ ޕްރޮޖެކްޓަކަށެވެ.
މި ފުރުސަތު ހުޅުވާލުމާ އެކު ދުނިޔޭ އެތައް މިތަނުން މިހާރު ވެސް ވަރަށް ބައިވަރު ރިކުއެސްޓުތައް އަންނަ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
"ވަރަށް ދެރަ ގޮތަކަށް ބްރޭކް އަޕް ވެފައިވާ ނަމަ، މިއީ ރައްޓެހިންނާ އެކު ހެއްވާ މަޖާކޮށްލަން ކުރަން ސަޅި ކަމަކަށް ވާނެ،" މި ފްރޮގުރާމްގެ މެނޭޖަރު ހެންރީ ވީޑަން ބުންޏެވެ.
އެކި ވައްތަރުގެ ކުރަފި ގެންގުޅޭ އެ ޒޫ ހިންގާ ސެންޓަރުން ވަނީ ކުރަތްޕައް ސިޔާސީ މީހުންގެ ނަން ދެވޭނެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.