13 ފެބުރުއަރީ 2022 - 12:07

ދިރާގު ނަންބަރުތަކުން ގުޅުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި މައްސަލަ ދިމާވެފައި ވަނީ މިއަދ ހެނދުނު 10:00 ހާއިރު އެވެ.
ދިރާގުން ވަނީ މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ.