ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް
ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް

"އަހަރެންގެ އަމިއްލަ ހިޔާލެއް ކަމެއްގައި ދޭ ހިސާބުން އެންމެން ވެސް ބުނާނީ އެހާ އަނގަގަދަކުރާ އެއްޗެއް ނޫނޭ. މިތަނުން ދެން ދާން އުޅޭށޭ. ބޮޑެތި މީހުން ވާހަކަ ދައްކާއިރު ކުޑަކުދިން އެ ވާހަކައިގެ ތެރެއަށް އަނގަ ބާނާކަށް ނުވާނެއޭ،" އެންމެ ދުރު ހަނދާންތައް ކުލަކޮށް، ފުރާވަރުން ސަފުހާތައް އުކަމުން ވާޝިޔާ މުހައްމަދު ކިޔައިދިނެވެ.

ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް
ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް

"އެއީ އަބަދުވެސް ކުޑައިރު މީހުން ދިން ނަސޭހަތަކީ. އަހަރެން ހީކުރީ ބޮޑުވީމަ، އެ ކަންކަން ބަދަލުވެދާނެ ކަމަށް. އެކަމަކު މިހާރު ވެސް އަހަރެންގެ އަމިއްލަ ހިޔާލެއް ފާޅުކުރުމަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާ ކަމެއް."

ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް
ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް

"ރައްޓެއްސަކަށް ނަސޭހަތެއް ދިނަސް ބުނާނީ މީނަ ދެން މިއީ މާ ކަންކަން އެނގިގަނެގެން އުޅޭ މީހެކޭ. މީނަ އެހެންނޭ، މީނަ މިހެންނޭ."

ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް
ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް

ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ އުއްމީދުން ފުރިގެންވީ ޒުވާން ބަތަލާ މި ވާހަކަތައް ކިޔައިދެމުން އޭގައި ސަމާސާ ރާގެއް ލައްވަމުން ދިޔަޔަސް އޭނާގެ މި ދަތުރުގެ ފެށުމުގައިވީ ހުސް ނުތަނަވަސްކަމެވެ. މިއަދު އެ މޫނުމަތިން ފެންނަ އުއްމީދާއި އަލިކަމާއި ނަފުސުގެ އިތުބާރެއް އެ ހަޔާތަކު ނެތެވެ. އެކުގައި މީހުން ތިއްބަސް، އެކީގައި އެއްވެސް މީހަކު ނެތް ކަމުގެ އިހުސާސް ކުރެވުމަކީ ނަފުސެއް ހާވިޔާކޮށްލަފާނެ އެކަނިވެރިކަމެކެވެ.

ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް
ހާވިޔާ ނުވެ ވާޝިޔާ: ނުތަނަވަސްކަމުން ޗާރާ ދުވަސްތަކަށް

ވާޝިޔާ އަކީ އެފަދަ މުސާފިރެކެވެ. ބަރުދާހަކީ އަބަދުވެސް އޭނާގެ ބެސްޓުފުރެންޑެވެ.

"ކުޑައިރު އަހަރެން މިއީ އަހަރެންނާ އެކު، އަހަރެންގެ ހިޔާލާއި ފިކުރާ ދިމާވި އެކަކު ވެސް އެކުގައި ނެތި ބޮޑުވި ކުއްޖެއް. މައިންބަފައިން ތިބި. އެކަމަކު އަހަރެންގެ އިހުސާސްތައް އެންމެ ފުރިހަމަ އަށް ދެނެގަނެވުނު މީހަކު އެކުގައި ނެތޭ ބުނެވިދާނެ،" ވާޝިޔާ ކިޔައިދިނެވެ.

"ޒާތަކަށް ބުނަންޏާމު އެމީހުންނަކަށް އަހަރެން ގެޓެއް ނުވެއޭ ބުނެވޭނީ. ހަމަ އެއްވެސް ވަރަކަށް."

"މީހުން އަހަންނާ ދިމާލަށް ބުނާނީ ކަލޭ ބޭނުންވަނީ ހުރިހާ ކަމެއް ކުރާށޭ. ކަލޭ ބޭނުމެއް ނުވެއޭ ވަކި ކަމަކަށް ފޯކަސްކޮށްގެން މަސައްކަތްކުރާކަށް. އެހެންވީމަ ކަލެއަކަށް ނުވާނެއޭ އެއްވެސް ކަމެއް."

ހިޔާލެއް ފިކުރެއް ނެތި ސަކަރާތުގައި އުޅެމުންދިޔައިރު ވާޝިޔާ ބޭނުންވީ އޭނާގެ 'މަންމަ' ކަހަލަ 'މަންމައަކަށް' ވާށެވެ. އެ ހިޔާލުތައް ބޮލުން އުދުއްސައިގެން ދިޔަ ހިސާބުން އޭނާގެ 'ޑްރީމް ޖޮބަކަށް' ނުވަތަ ޕްރޮފެޝަންއެއްގެ ގޮތުގައި ހިތް ދޫކޮށްލެވުނީ އެވިއޭޝަންގެ ދާއިރާއަށެވެ. ވާޝިޔާ ބޭނުންވީ ޕައިލެޓަކަށްވާށެވެ.

"އެކަމަކު ފަހުން އިހުސާސްކުރެވުނީ އަހަރެންނަށް ޕައިލެޓަކަށް ނުވެވޭނެއޭ. އެއީ އަހަރެން މިއީ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ އާދައިގެ ކުއްޖެކޭ އަދި އެވަރުގެ ތަނަވަސްކަމެއް އޭރަކު ނެތޭ،" ވާޝިޔާ ކިޔައިދިނެވެ.

"ދެން އަހަރެން ބޭނުންވީ އޭވިއޭޝަން ދާއިރާގައި އުޅެމުން، އާމްދަނީއެއް ހޯދައިގެން ފައިސާ އެއްކޮށްގެން އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން. ދެން ކެބިންކްރޫއަށް ވެއްޖެ ނަމަ އޭވިއޭޝަން ބެކްގްރައުންޑާއި ތަޖުރިބާ ލިބޭނެތީ ކެބިންކްރޫއަކަށް ކުރިމަތިލީ."

އެކަމަކު 'އިސްކޮޅެއް ނެތޭ' ކިޔާފައި އެމީހުން އެންމެފަހުން ވާޝިޔާ ބާކީކޮށްލީއެވެ. އަނެއްކާވެސް އެންމެ ކުޑައިރުގެ ދުވަސްތަކަށް އެނބުރި ދިޔައީއެވެ.

"އަބަދުވެސް އަހަރެން ބޭނުންވީ މިނިވަންވެ އަމިއްލަ ފައި މައްޗަށް ތެދުވަން. އެކަމަކު އަހަންނަށް ކުރެވުނީ ރިޖެކްޓެޑް މީހެއްގެ އިހުސާސް އޭރު،" ވާޝިޔާ ބުންޏެވެ.

"އެކަމަކު އެއްވެސް މީހަކަށް އަހަރެން ގެޓުނުވެ، ރިޖެޓެޑް ފީލް އަމިއްލަ އަށް ކުރެވެން ފެށުން އެއީ ހަގީގަތުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދަތުރު ފެށުނު ގޮތް."

އުމުރުން 12 އަހަރުގައި ވާޝިޔާ އަކީ ތަފާތު އެކި ކަހަލަ އާދައިގެ މަސައްކަތްތަކުން ލިބުނު މިންވަރެއް، ފުދުނު މިންވަރެއްގެ ގޮތުގައި ހޯދަމުން މަޑުމަޑުން އެކަނިމާއެކަނި ދިރިއުޅުމެއްގެ ހަޔާތާއި ދުނިޔެ ދަސްކުރަމުން ގެންދިޔަ އަންހެން ކުއްޖެކެވެ. ވާޝިއާގެ އެންމެ ފުން ހިތާމައަކީ އޭނާއާ އެންމެ ގާތުގައި ތިބި މީހުންނަށް ވެސް އޭނާގެ އިހުސާސްތައް ދެނެނުގަނެވުމެވެ.

"ކަންކަން ދަސްކޮށް، ވަކި މީހަކަށް ބަރޯސާނުވެ އުޅުމަކީ އަހަރެން ވަރަށް ބޭނުންވި ލައިފެއް އެންމެ ކުޑައިރުވެސް. މިސާލަކަށް އުމުރުން 12-13 އަހަރުގައި ވެސް އަހަރެން ރީތިވާން ބޭނުންވާ އެއްޗެހިތައް ވެސް ގަންނާނީ އަހަރެން އެކި ކަހަލަ ކުދިކުދި މަސައްކަތްކޮށްލައިގެން އެއްކުރާ ލާރިއަށް،" ވާޝިޔާ ކިޔައިދިނެވެ.

"އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރީމަ ގިނަ މީހުންނަށް އަހަރެން ފެނުނީ ބަސްނާހާ، އެމީހުން ބުނާ ގޮތް ނަހަދާ، ރިބެލިއަސް ކުއްޖެއްގެ ގޮތުގައި."

"އަމިއްލަ އެއްޗެހި އަމިއްލަ އަށް ހޯދަން ފެށީމަ މަންމަމެންނަށް ވެސް ހީވާނީ، ނުވަތަ އެމީހުން އަހާނީ މަންމަމެން ހޯދައިދޭ އެއްޗެހި، ގަނެދޭ އެއްޗެހި ބޭނުން ނުވަނީ ހެއްޔޭ."

"އެކަމަކު އެހެނެއް ނޫން އެވަނީ. އަހަރެން ބޭނުންވީ އަހަރެންގެ ކަންކަން އަހަރެން އަމިއްލަ އަށް ކުރަން. އަހަރެންގެ ދެފައި މައްޗަށް އަހަރެން އަމިއްލަ އަށް ތެދުވަން."

"ކޮފީއަކަށް ދިޔަޔަސް އަދި އަހަރެން ކޮފީއެއް ނުބުޔަސް، އެއްޗެއް ނުކެޔަސް، އަހަރެން އެތަނުގައި އިނީތީ، ބިލަށް ކޮންމެވެސް ވަރެއް ލާން އަހަރެން ބޭނުންވާނެ. އެކަހަލަ މީހެއް އަހަންނަކީ. ވަރަށް އުނދަގޫވާނެ އެހެން އެކަން ނުކުރެވިއްޖެ ނަމަ."

ވާޝިޔާ ބުނީ އަމިއްލަ ނަފުސުގެ މާނަ އާއި ދިރިއުޅުމެއްގެ ހަގީގީ މާނަ ހޯދުމަށް އެކަނި ފެށި ދަތުރަކީ ގިނަ ކަންތަކެއް ދަސްކޮށްދިން ތަޖުރިބާތަކެއް ކަމަށެވެ. އަދި މިއަދު އޭނާ ދައްކަމުން އަންނަ ހުނަރުވެރިކަމުގެ ސިއްރަކީ އެ ދުވަހު ފެށި ދަތުރު ކަމަށެވެ.

ނަމަވެސް ފިލްމީ ދާއިރާ އަށް ގޮސް ވަން ހިސާބުން ވެސް ވާޝިޔާ އަށް އަމާޒުވީ ފާޑުކިޔުމާއި ނުރުހުމެވެ. އެންމެ ގާތުގައި ތިބި މީހުން ވެސް ބުނީ ވާޝިޔާ އަށް މަގުއޮޅި ނިމުނީ ކަމަށެވެ.

"ކުރިން ނަމަ އަހަރެން ފިލްމީ ދާއިރާގައި މިގޮތަށް އުޅޭކަށް ވެސް އާއިލާއިން ބޭނުމެއް ނުވޭ ހަގީގަތުގައި. އެއީ ތުންތުންމަތިން އިވޭ އަޑުތަކާ ހެދި އަބަދުވެސް، ފިލްމީ ދާއިރާގައި އުޅޭ މީހުންނާ ބެހޭ ގޮތުން އަބަދުވެސް އިވެނީ ގޯސް ވާހަކަތާ. އެކަހަލަ އަޑުތައް އިވިފަ ހުންނާތީ މަންމަ ބޭނުމެއް ނުވި އަހަރެން ފިލްމީ ދާއިރާގައި އުޅޭކަށް ވެސް ފުރަތަމަ،" އޭނާ ކިޔައިދިނެވެ.

"މަންމަ ބުނީ ފިލްމީ ދާއިރާ އަށް ވަދެއްޖެ ނަމަ އަހަރެން ހަލާކޭ ވާނީ. އެކަމަކު އިރާދަކުރެއްވިއްޔާ އަހަރެން އަދި ހަލާކެއް ނުވޭ."

އޭނާ ބުނީ ކަންކަމާ ކެރިގެން ކުރިމަތިލުމަކީ އަބަދުވެސް ފާޑުކިޔައި އެ މީހަކާ މެދު މީހުން އަބަދުވެސް ޝައްކު އުފައްދާނެ ކަމެއް ކަމަށެވެ. އެކަމަކު އަޒުމުގައި ސާބިތުވެ، ހުނަރާއި ގާބިލުކަމުން ސާބިތުކޮށްދޭން ފަށައިފި ނަމަ އެންމެންގެ ހިތް ވެސް ބަދަލުކޮށްލެވިދާނެ ކަމަށެވެ.

ވާޝިޔާގެ ދަތުރުގައި އޭނާގެ އަމިއްލަ އާއިލާގެ އިތުބާރާއި ރުހުން ވެސް ހޯދީ ހަމަ އެހެންނެވެ.

"އަހަންނަށް މިހާރު އެމީހުން އިތުބާރުކުރޭ އަހަރެން ގޯސް މަގަކުން ނުދާނެ ކަމަށް. އަހަރެންގެ ގޯސް ވާހަކައެއް ޚަބަރަކުން ކިޔާލަން ނުލިބޭނެކަމުގެ ޔަގީންކަން މިހާރު އެ މީހުންނަށް އޮވޭ،" ބައިސްކޯފުގެ 'ތިންބިބީ' ޑްރާމާއިން ތައާރަފްވެ ބެލުންތެރިންގެ މެދުގައި މިހާރު ބޮޑު މަގްބޫލުކަމެއް ކަށަވަރުކޮށްފައިވާ ބަތަލާ ބުންޏެވެ.

"އެހެންވީމަ ކުރާނެ ކަމެއް ކުރަން، ބޭނުން ގޮތަކަށް ދޫކޮށްލިޔަސް ހަޑި ނަމެއްގައި ނުބެދޭނެ ކަން އާއިލާގެ މީހުން ދަނޭ މިހާރު."

ނަމަވެސް މީހަކު ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތެއްގައި އަބަދުވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން ވާޝިޔާ މިހާރު ވެސް، ކޮންމެ ދުވަހަކުވެސް ގަބޫލުކުރެއެވެ.

"އުޅޭ އަހަރެން ވާޝިޔާ އަށް ވީމަ އަހަރެން ދެކެ ފޫހިވާ، ރުޅި އަންނަ ނުވަތަ އަހަރެންގެ މަސައްކަތް ނުބަލާ މީހުން ވެސް،" އޭނާ ބުންޏެވެ.

"އެކަމަކު އަހަރެން ގަބޫލުކުރަނީ އަހަރެން ބަޔަކަށް ދިން ރެސްޕެކްޓެކޭ އަހަރެންނަށް އަނބުރާ ލިބޭނީ. އެހެންވީމަ އަހަރެންނާ ފޮށޭ ބަޔަކާ ވެސް ނުފޮށި ދޫކޮށްލަނީ. އެމީހުން އެއް ދުވަހު ނަމަވެސް ނުފޮށޭތޯ."

ހާވިޔާ ނުވެ މި ދަތުރު ފުރިހަމަކުރުމަކީ ވާޝިޔާގެ އަމާޒެވެ.

"އަހަރެން ބޭނުން ވަނީ އަދިވެސް ހުރިހާ ކަމެއް ވެސް ދަސްކުރެވޭ ހިސާބުގައި ހުންނަން، މީގެ ފަސް އަހަރު ނުވަތަ 10 އަހަރު ފަހުން ވެސް. އަހަރެން މިއީ ނުވެގެން ކަމެއް ހުއްޓާލާނެ މީހެއް ނޫން. ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެން ފަހަތަކަށް ނުޖެހޭނަން."