ބްރިޖް ހައިވޭގައި ހަތް ކާރު އެކްސިޑެންޓުވެއްޖެ
ބްރިޖް ހައިވޭގައި ހަތް ކާރު އެކްސިޑެންޓުވެއްޖެ

މާލެ-ހުޅުމާލެ ހައިވޭގައި ހަތް ކާރު އެކްސިޑެންޓުވެއްޖެ އެވެ.

ބްރިޖް ހައިވޭގައި ހަތް ކާރު އެކްސިޑެންޓުވެއްޖެ
ބްރިޖް ހައިވޭގައި ހަތް ކާރު އެކްސިޑެންޓުވެއްޖެ

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތް ވެހިކަލަކަށް ގެއްލުން ވެފައިވާ ކަމަށާއި މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެކްސިޑެންޓުވި ހަތް ވެހިކަލް ވެސް ދުއްވީ އެ ކެޓަގަރީތަކުގެ ލައިންސަންސް އޮންނަ މީހުން ކަމަށާއި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ހައިވޭގެ މެދަކާ ހިސާބުގައި އެކްސިޑެންޓުވެ ހަތް ކާރު މަޑުކޮށްފައި އެބަ އޮތެވެ. އެ ކާރުތައް ތިބީ އެއް ކާރުން އަނެއް ކާރުގައި ޖެހިފަ އެވެ.

ސިނަމާލެ ބްރިޖު ހުޅުވި ދުވަސްވަރު ވެސް ބްރިޖުގެ ޓްރެފިކް ލައިޓު ކައިރީ މިގޮތަށް އެކްސިޑެންޓެއް ހިންގައި ގިނަ ކާރުތަކަކަށް ގެއްލުންވި އެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

މިގޮތަށް އެކްސިޑެންޓް ހިނގަނީ ކުރިމަތީގައި އޮންނަ ވެހިކަލް ކުއްލިއަކަށް މަޑުކޮށްލުމުން ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓުން ފަދަ ކަމެއް ދިމާވެ، ފަހަތުން އަންނަ ވެހިކަލްތައް ކޮންޓްރޯލް ނުވެ ގޮސް އެކަތި އަނެކައްޗާ ޖެހިގެންނެވެ.