އިންޖީނު އަޅައި ބޭނުންކުރަން ނުފަށަނީސް ލޯންޗު ވަގަށް ނަގައިފި
އިންޖީނު އަޅައި ބޭނުންކުރަން ނުފަށަނީސް ލޯންޗު ވަގަށް ނަގައިފި

ކ. ގުޅީފަޅު ފަޅުތެރޭގައި އަޅާފައި އޮއްވައި ވޯޓަ ސްޕޯޓްސް ލޯންޗެއް ރޭ ވަގަށް ނަގައިފި އެވެ.

އިންޖީނު އަޅައި ބޭނުންކުރަން ނުފަށަނީސް ލޯންޗު ވަގަށް ނަގައިފި
އިންޖީނު އަޅައި ބޭނުންކުރަން ނުފަށަނީސް ލޯންޗު ވަގަށް ނަގައިފި

އެ ލޯންޗުގެ ވެރިފަރާތުން ބުނީ ހަތަރު މީހުންގެ ޖާގަ ހުންނަ 14 ފޫޓުގެ ލޯންޗު ވަގަށް ނެގީ ރަޖިސްޓްރޭޝަންގެ ކަންތައްތައް އެއްކޮށް ނުނިމޭތީ އެ ބޭނުންކުރަން ވެސް ނުފަށަނީސް ކަމަށެވެ.

ލޯންޗުގައި އިންޖީނު އަޅައި ބޭލިތާ އަދި މަހެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކަޅާއި ހުދު އަދި ރަތް ކުލައިގެ ލޯންޗަށް ގާތްގަނޑަކަށް 300،000ރ. ހަރަދުކޮށްފައިވެ އެވެ.

އޭނާ ބުނީ ނޫ ކުލައިގެ ދޯންޏަކުން ދަންވަރު 3:30 ހާއިރު ކަފު ޖަހައިގެން ގެންދަނިކޮށް ބަޔަކަށް ފެނިފައިވާ ކަމަށެވެ.

"އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓު ކޮށްފިން،" އޭނާ ބުންޏެވެ.

ލޯންޗާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ 7997487 އަށް ގުޅައި ހިއްސާކޮށްދޭން ވެރިފަރާތުން އެދެ އެވެ.