ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެމްޑީޕީ އަށް އެކަނި 2023ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބެއް ނުކުރެވޭނެ އެވެ. އެ ތާއީދެއް ނެތެވެ. ރައްޔިތުންގެ 50 ޕަސެންޓް އަޣުލަބިއްޔަތެއް މި ވެރިކަމުގައި ވެސް އެ ޕާޓީއަށް ނުހޯދުނުކަން ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާ އިން ވެސް ގަބޫލުކޮށްފި އެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެހެންވެ, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވަން މި އުޅުއްވަނީ އެ ޕާޓީއަށް މޮޅުވެވޭނެ ފޯމިއުލާ އެކެވެ. ވެރިކަމުން، އެއްވެސް ޕާޓީއަކަށް ބައި އަޅަން ނުޖެހޭ ގޮތަށް އެއްފަރާތް ކުރުމަށް ފަހު އެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެކަން ކުރައްވެން އޮތީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެއް ކަމަކަށް އެމަނިކުފާނު ހުށަހަޅުއްވަނީ ރައްޔިތުންގެ 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިގެން ނޫން ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ނުވެވޭ ގޮތަށް ގާނޫނުއަސާސީގައި އޮތް މާއްދާ އިސްލާހުކުރުމަށެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

- އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުން.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

- އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެމްޑީޕީގެ ކޮންގްރެސްގައި ފާސްކުރަން ނަޝީދު ހުށަހެޅުއްވި މި އިސްލާހާ އެކު ބޮޑެތި ފާޑުކިއުންތަކެއް އެމަނިކުފާނާއި އެމްޑީޕީ އަށް ވަނީ އަމާޒުވެފަ އެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެ ވިދާޅުވި 30 ޕަސެންޓަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް ބަލާ ނަމަ ވޯޓުލީ ރައްޔިތުންގެ 233,889 ވޯޓުގެ ތެރެއިން 70,166 ވޯޓެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި 30 ޕަސެންޓް ވޯޓަކީ އެމްޑީޕީގެ ސައިޒެވެ. ރައްޔިތުންގެ ތާއީދު ނުވަތަ ޔަގީންކަމާ އެކު ހޯދޭނެ ވޯޓުގެ އަދަދެވެ. ނޫން ނަމަ, މޮޅުވާނީ 30 ޕަސެންޓުން ކަމަށް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަން ހޯދާން އުޅެންވީ ސަބަބެއް ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

"އަވަސް އަރުވާލާފައި ގާނޫނުއަސާސީ ބަދަލުކޮށްގެން 30 ޕަސެންޓަށް ހަދަން އުޅެނީ އެ މީހުންގެ ސައިޒު އެނގޭތީ،" އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިގު 30 އަހަރުގެ ވެރިކަމެއް ކުރެއްވީތީ އެމްޑީޕީން އިންތިހާއަށް ރުޅި އާދެ އެވެ. އެކަމަކު ރައްޔިތުންގެ ރުހުމާއި ތާއީދު ނެތް ވެރިކަމެއް ދަންމާލުމާ ދެކޮޅަށް ވަކާލާތު ކުރި އެމްޑީޕީގެ މިސްރާބު ވެސް މި ފެންނަނީ ތާއަބަދަށް ވެރިކަމުގައި އެ ޕާޓީއަށް އޮވެވޭނެ މަގެއް ހޯދަން އުޅޭ ތަނެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

އެއީ ރައްޔިތުން ދިން 65 ގޮނޑީގެ މެޖޯރިޓީން ގާނޫނުއަސާސީގައި އެ ޕާޓީއަށް މޮޅުވެވޭނެ ޕަސެންޓޭޖް ލިޔެގެން ވިޔަސް އެކަން ކުރުމެވެ.

ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ނަޝީދުގެ އިސްލާހު: ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ސީނިއާ މެމްބަރަކު ވިދާޅުވި ގޮތުގައި ވޯޓުލީ މީހުންގެ 30 ޕަސެންޓުން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"އެ ގޮތަށް ބަދަލު ކޮށްފިއްޔާ ސުވާލަކީ ކޮބައިހޭ ތާއީދު ނުކުރާ މީހުންގެ ޕަސެންޓް. އެ ޕަސެންޓް މާ ބޮޑުވާނެ. 30 ޕަސެންޓް މީހުންގެ ތާއީދާ އެކު ވެރިކަމަށް އަންނަން ނަމަ އޭގެ މާނައަކީ ރައްޔިތުންގެ ތާއީދެއް އެ ބޭފުޅަކަށް ނެތޭ. 30 ޕަސެންޓަކީ ތާއީދު އޮތުމެއް ނޫން," އޭނާ ވިދާޅުވި އެވެ.

މި އިސްލާހު އޭނާ ވެސް ސިފަކުރެއްވީ ސީދާ ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތެއް ހޯއްދަވަން ގެންނަވަން އުޅުއްވާ ބަދަލެއްގެ ގޮތުގަ އެވެ.

"ހަގީގަތުގައި ކުރައްވަން އެ އުޅުއްވާ ކަމަކީ ރައީސް ނަޝީދަށް ވެރިކަމަށް އާދެވޭނެ ހުރިހާ މަގެއް ހޯދުން. ވަކި މީހަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރުން. އެއްވެސް ލޮޖިކެއް، ސަބަބެއް އޮވެގެން ކުރައްވަން އުޅުއްވާ ކަމެއް ނޫން އެއީ،" އެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އިސްލާހު ފާސްކުރަން ޕާޓީ ތެރެއިން ވެސް ނަޝީދަށް އުނދަގޫވާނެ އެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީ އަށް މޮޅުވެވޭނީ މި ޕަސެންޓޭޖުން ކަމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލާ މެދު ހިޔާލުތަފާތުވުންތަކެއް ޕާޓީގެ ތެރޭގައި ވެސް ހުރުމެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފާޑެއްގެ ބޭފުޅެއް. ނަޝީދު ކޮންމެ ކުރެއްވިޔަސް އަޅާނުލައްވައި އެ ހުންނަވަނީ. ގިނަ ފަހަރު އެހެން ހަނު ހުންނަވާފައި ނަޝީދުގެ އުނދަގޫ މާ ބޮޑުވީމާ ދިފާއުގައި އެއްޗެއް ވިދާޅުވަނީ. އެކަމަކު އަޅުގަނޑަށް ހީވަނީ ޕާޓީގެ ތެރެއިން މި މައްސަލަ ހަމަ ވަރަށް އުނދަގޫވާނެހެން ނިންމަން," އޭނާ ވިދާޅުވި އެވެ.

ރައީސް ކަމުގައި ހުންނަވަން ވާނީ ވޯޓުލާ އާބާދީގެ 50 ޕަސެންޓަށް ވުރެން މަތިން ލިބިގެން ކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ގިނަ މެމްބަރުންގެ ވިސްނުމެވެ. ބޭނުމަކަށް ވީ އޭރެއްގައި ވޯޓުލާ އާބާދީގެ ވީހާވެސް ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅަކު ވެރިކަމުގައި ހުންނެވުމެވެ.

"ވަކި ބޭފުޅަކު ވެރިކަމުގައި ބަހައްޓާކަށް ނޫން ގާނޫނުއަސާސީ އިސްލާހުކުރިއިރު ވިސްނާފައި އޮތީކީ. އެހެން ބައެއް ގައުމުތަކުގައި ވެސް ހިނގާ ކަމެއް މިއީ. ބައެއް ގައުމުތަކުގައި ވެސް 3-4 ފަހަރު އިންތިހާބު ބާއްވައިގެން ތާއީދު ހޯދޭ ވަރު ވެފައި އެބަހުރި. ފުރަތަމަ ބުރުންނާއި ދެވަނަ ބުރުން ވެސް ފެއިލްވީމާ އިދިކޮޅު މީހުންނާ ވާހަކަ ދައްކައިގެން އެއް ގަލަކަށް އަރުވައިގެން ނަތީޖާ ނެރޭ. މީގައި ބޭނުންވަނީ ރައްޔިތުންގެ ތާއީދު ވީހާ ވެސް މަތީ މީހަކު ވެރިކަމުގައި ބެހެއްޓުން," އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒް ވެސް ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަން ވާނީ ރައްޔިތުންގެ މެޖޯރިޓީ ތާއީދު އޮތް ބޭފުޅެކެވެ.

"އަޅުގަނޑުމެން ތާއީދުކުރާނީ 50 ޕަސެންޓް ޕްލަސް އެއް ވޯޓު އޮންނަން ވާނެއޭ ރައީސުލްޖުމްހޫރިއްޔާގެ. ރައްޔިތުންގެ އަޣުލަބިއްޔަތަކީ އެއީ," އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުތަކުގައި މޮޅުވެވެނީ ދެ ވަނަ ބުރުގައި ކޯލިޝަން ހަދާ ޕާޓީއަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފުރަތަމަ ބުރުން އުފެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ތިން ޕާޓީއަކުން ހެދި އިއްތިހާދުންނެވެ. އޭގެ ކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ދެ ވަނަ ބުރުގައި ކޯލިޝަން ހަދާ ކެންޑިޑޭޓެވެ.

މިއީ ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ރުހޭ ކަމެއް ނޫނެވެ. ވެރިކަން ކާމިޔާބު ކުރެވެނީ ކޯލިޝަނަކާ އެކުގައި ވިޔަސް އެ ހަގީގަތް ވެރިކަމުގައި އޮންނަނީ "ވަޅުލައިފަ" އެވެ. މިފަހަރު ވެސް ކޯލިޝަން ރޫޅާނުލައި ދެމިތިބެވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕާޓީތަކަށް ދެއްވި ޔަގީންކަމުގައި ހިފަހަައްޓަވާތީ އެވެ. ނޫން ނަމަ، ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމް އެއްފަރާތް ކޮށްލަންވީ ކިތަންމެ ސަބަބެއް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދެއްކެވި އެވެ. ސަރުކާރުން އެކަށީގެންވާ ބާރު މިނުގައި ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތު ވެސް އަޅުވަނީ ކޯލިޝަން ޕާޓީތަކުގަ އެވެ. އެމްޑީޕީގެ އެކަނި މެނިފެސްޓޯއަކާއި މެމްބަރުން މަގާމްތަކުގައި ތިއްބެވި ނަމަ ވެރިކަން ހިންގުން މިހާރަށް ވުރެން ހަލުވި ނަތީޖާ ނެރެވޭނެ ކަމަށް ވެސް އެކި ފަހަރު ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީއަށް ނަޝީދު ގެންނަވަން އުޅުއްވާ އިސްލާހުގައި އޮތީ ކޯލިޝަން ނުހަދައި ވެރިކަމަށް އާދެވޭނެ ގޮތެކެވެ.

ރިޔާޒް ވިދާޅުވީ ވަކި ޕާޓީއަކަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތުމަކީ އެ ބަޔަކަށް ފައިދާވާ ބަދަލު ގާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ޕާޓީތައް އެއްފަރާތްކޮށްގެން އެމްޑީޕީއަށް ހޯދޭނެ މޮޅެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ގަނޫނުއަސާސީ ބަދަލުކުރަން އެ ހުށަހެޅި ހުށަހެޅުމުގެ ހަގީގަތަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަގްބޫލްކަން އެމްޑީޕީއަށް ގެއްލިފައިވާތީވެ. އެ މީހުންނަށް ގަބޫލުކުރެވޭ ސަރުކާރުގެ އެޕްރޫވަލް ރޭޓިން ވެސް ވަރަށް ދަށްކަން. އެ ސަބަބުތަކަށްޓަކައި އެ މީހުންނަށް ގަބޫލުކުރެވެނީ ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބެއްގައި އެމްޑީޕީއަށް ކާމިޔާބު ނުލިބޭނެތީ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމަށް ވަޑައިގަތީ އެއް ބުރުން ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ 30 ޕަސެންޓު ކަމަށް ގާނޫނުއަސާސީގައި ލިޔުނަސް ފުރަތަމަ ބުރުގައި އެކި ޕާޓީތަކަށް ކޯލިޝަން ހެދޭނެ ކަމަށެވެ.

އެމްޑީޕީން ހުށަހަޅަން އުޅޭ އިސްލާހުގެ މާނައަކީ އެ ޕާޓީއަށް ޔަގީންވަނީ 30 ޕަސެންޓް ވޯޓު ކަމަށާއި އެ ނޫން މަގެއް ވެރިކަމަށް އައުމަށް އެ ޕާޓީއަށް ފަހިވެފައި ނެތުމުން ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލެއް ކަމަށް މި ރިޕޯޓަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މަޖިލިސް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ.

އަދި މިއީ ނަޝީދަށް ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދަން ޖަހާ ހިސާބުތަކެއް ކަމެއް ވެސް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

ވޭތުވެދިޔަ ތިން ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު ވެސް އެއް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމީ ރައްޔިތުން ބުނެދީފައި އޮތް ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ އިސްލާހު ދިފާއުކުރައްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވީ މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ މާބޮޑު ޕަސެންޓޭޖަކުން ނޫން ކަމަށެވެ. ގިނަ ކެންޑިޑޭޓުން ވާދަކުރާ އިރު ފުރަތަމަ ބުރުގައި ފެންނަނީ ހަގީގީ ޕަސެންޓޭޖު ކަމަށާއި ދެ ވަނަ ބުރު ކޯލިޝަން ހަދައިގެން ކާމިޔާބުކުރާތީ އެއީ ކާމިޔާބުކުރާ ކެންޑިޑޭޓުންގެ ތާއީދެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ އިސްލާހުގައި އޮތީ 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓެއް ކަމަށާއި ރާއްޖޭގައި އެއަށް ވުރެން ދަށުން ވޯޓު ލިބިވަޑައިގެން ވެސް ވެރިކަން ކުރައްވާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.

"ޔާމީން 2013 ގައި ފުރަތަމަ ބުރުގައި ހޯއްދެވީ 25 ޕަސެންޓް. ދެ ވަނަ ބުރުގައި ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރެއްވީ," ވައްޑެ ވިދާޅުވި އެވެ.

"ދެ ވަނަ ބުރަކަށް ދާއިރު އެ އަންނަނީ ސީދާ އަޅުގަނޑުމެން ނުބަލަން އެ ކެންޑިޑޭޓަކަށް ނުވަތަ އެ ބޭފުޅަކަށް އޮންނަ ތާއީދެއް ކަމަކަށް."

ވައްޑެ އެ ވިދާޅުވި 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުالله ޔާމީން 25 ޕަސެންޓް ހޯއްދެވީ ހަތަރު ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގަ އެވެ. ޔާމީންގެ އިތުރުން އެ އިންތިހާބަށް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ނުކުންނެވި އެވެ.

"އިންތިހާބު ދެ ވަނަ ބުރުގައި ކޯލިޝަނެއް ހަދައިގެން ޔާމީން ކާމިޔާބު ކުރެއްވުމަށް ފަހު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ކޯލިޝަން ރޫޅާލައްވާފައި އެކަނިމާ އެކަނި ވެރިކަން ކުރެއްވީ. މާނައަކީ 75 ޕަސެންޓާ ނުލައި ވެރިކަން ކުރެވިދާނެއޭ،" ވައްޑެ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރަން ކޯލިޝަން ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމްޑީޕީން މި ހުށަހަޅަން އުޅެނީ އެ ބަދަލު ކަމަށާއި ތާއީދު ބޮޑު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓު ވެރިކަން ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ތާއީދެއް ގޮނޑިއެއް ނެތް ޕާޓީތަކަކާ ކޯލިޝަން ހަދައި ބައި އަޅަން ޖެހެނީ ސިއްރު އެއްބަސްވުންތައް ހަދައިގެން. މިއީ ނިމުމަކަށް އަންނަން ޖެހޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

ވައްޑެ ވެސް އެ ވާހަކަ އަށް ތާއީދު ކުރައްވަމުން ވިދާޅުވި ގޮތުގައި ސަރުކާރު އެކުލަވާލާ އިރު ތާއީދު ނެތް ބަޔަކާ އެކު ޑީލްތައް ހެދުން ނިމުމަކަށް ގެންނަން ޖެހެ އެވެ.

"އަޅުގަނޑުމެން ވަކާލާތުކުރާ ނިޒާމުގައި މި ވާގޮތަކީ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު އޮންނާނެ. ސިއްރު އެއްބަސްވުން ހަދާކަށް ނުޖެހޭނެ. އިދިކޮޅު މީހުންނަށް ވެސް ދައުލަތުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ހައިސިއްޔަތު އޮންނާނެ. މިސާލަކަށް އޮޕޮޒިޝަން ލީޑަރުން ވެސް ތިއްބްވާނީ ދައުލަތުގެ ހިމާޔަތާއި އިނާޔަތްތައް ވެސް ލިބިގެން," ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސައިޒު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުވާނެ އެވެ. ޕާޓީ އުފެދިގެން ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ހޯދާފައިވާ ނަތީޖާތަކާއި އެމްޑީޕީ ހަރަކާތްތެރިވެފައިވާ ގޮތާއި އެތެރޭގެ ޑިމޮކްރެޓިކް ކަންކަން ހިނގާ ތަރުތީބުން ވެސް އެކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސައިޒު އެއީ ކިހާވަރެއް ކަން ރައްޔިތުންނަށް ފެންނާނެ. އެމްޑީޕީއަކީ އެންމެ ގިނަ ވޯޓު ހޯދާ ޕާޓީ. އެކަމަކު ގަބޫލުކުރަންވީ ހަގީގަތަކީ ރައްޔިތުންގެ 50 ޕަސެންޓް ވޯޓެއް މި ޕާޓީއަކަށް ވެސް ނުހޯދުނުކަން."

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް ނިޒާމު ރަނގަޅު ކުރާނީތޯ ރައްޔިތުންގެ ގާތު އެހުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. އިސްލާހުގެ ބޭނުމަކީ އެއީ ކަމަށާއި އޭގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ރިޔާސީތޯ ބަރުލަމާނީތޯ އެކަންޏެއް ވެސް ނޫން. މުއައްސަސާތައް އެކުލެވިގެންވާ ގޮތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދާއި ޖޭއެސްސީގެ ބަދަލުތައް ރައްޔިތުންގެ ގާތުން އޮޅުންފިލުވަން އެމްޑީޕީން މި އުޅެނީ," އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އިސްލާހަށް އަމާޒުވެފައިވާ ފާޑުކިއުން އެމްޑީޕީގައި އެމަނިކުފާނާ އެކު ތިއްބެވި މެމްބަރުން ދިފާއުކުރެއްވިޔަސް އެއް ބައެއްގެ ނަޒަރުގައި އެ ގެންނަން އުޅޭ ބަދަލަކީ ތާއީދު ނެތް ރައީސަކު ވެރިކަމަށް ވަޑައިގަތުމެވެ. އެމްޑީޕީއަށް އެ ނޫން މަގަކުން ވެރިކަން ހޯދެން ނެތިގެން ގާނޫނުއަސާސީ އިސްލާހު ކުރުމެވެ.

އެކަމަކު ވެރިކަމަށް އާދެވޭ ޕަސެންޓޭޖް 51 ޕަސެންޓުން 30 އަށް ދަށްކުރުމަކީ އެ ޕާޓީން ނެރެން އެ އުޅޭ މޮޅު ހޯދޭނެ ފޯމިއުލާއެއް ނޫނެވެ.

އިންތިހާބުގައި ނަޝީދު ވާދަކުރައްވައިފި ނަމަ އެމްޑީޕީގެ ސަރުކާރަކުން ބައި އަޅަން ދެކޮޅު ހަދައި އެއްފަރާތްކުރަން ބޭނުންވާ ޕާޓީތައް އެއްގަލަކަށް އަރައި ފުރަތަމަ ބުރުގައި ފުޅާ ކޯލިޝަނެއް ހެދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންވެއްޖެ ނަމަ އިންތިހާބުން މޮޅުވާ ޕަސެންޓޭޖް ދަށްކުރުމުގެ މާނައެއް އޮތް ކަމަކަށް ނުފެނެ އެވެ.

"ގާނޫނުއަސާސީ ބަދަލުކޮށްގެން މޮޅު ހޯދަން އުޅުމަށް ވުރެން މާ ރަނގަޅުވާނެ ރައްޔިތުންގެ ތާއީދު ލިބޭ ގޮތަށް އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންކުރިއްޔާ," ރިޔާޒް ވިދާޅުވި އެވެ.