އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވޯޓު ނަގާނެ ތާރީހެއް ކަނޑަނާޅައި، ކޮންގްރެސް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

އެ މަޖިލީހަށް މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައި ވަނީ ޗެއާޕާސާންގެ މަގާމާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު އަންނަ އޭޕްރީލް 16 ގައި އަދި ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓް 4 ބޭއްވުމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު ވެސް މި މަހުގެ 18 ގައި ބާއްވަން ސިފާގެ ހުށަހެޅުއްވުމުގައި ވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

އެ ހުށަހެޅުންތައް ފާސްކުރީ، ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

ސިފާ ވިދާޅުވީ މިއީ ޕާޓީއަށް މުހިއްމު ވަގުތެއް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ޕާޓީ އެކަތިގަނޑަކަށް ގެންދިއުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. އިތުރަށް ސްޕީޑު ބާރުކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

ކުރިން ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިސްރާބު ހިފުމަކީ ގައުމީ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. އެއާއެކު ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުމަށް ޕާޓީގެ ކޮންގްރެސް އެއް ބާއްވައި އެ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާރީހެއް ކަނޑަނާޅައި ކޮންގްރެސް ބާއްވަން ފާސްކޮށްފި

ނަޝީދު ވިދާޅުވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެހެނިހެން މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތް އަދި އެ މުއައްސަސާތަކުގެ އަދަދަށް ބަދަލު ގެންނަންޖެހޭކަން ފާހަގަވެފައިވާ ކަމެކެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުން މުހިއްމުވާ ކަމަށާއި ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު، ސުޕްރީމް ކޯޓުގެ އަދަދު އާއްމު ގާނޫނަކުން ބަދަލުވެގެން ދިއުމަކީ ޝަރީއަތަށް އަދި އިންސާފަށް ކުރާ މަސައްކަތުގެ އޮތް ހުރަހެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެއާއެކު، ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ އިތުރު ދެ ދައުރަށް އެމްޑީޕީ ވެރިކަމުގައި އޮތުމަށް ރައްޔިތުން ގޮވަމުންދާ އަޑަށް ވާތީ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ ވާހަކަތައް ދެއްކެވުނަސް އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު އުކުޅަހު ކޮންގްރެސްގައި ބަލައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަންކަމާ ގުޅިގެން، ކޮންގްރެސް އެއް ބާއްވައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.