11 ފެބުރުއަރީ 2022 - 06:09

"ޑިޒްނީ ޕްލަސް" އާއި ހޮސްޓް ސްޓާ އިން ދައްކަމުން އަންނަ ސީރީޒް، "ދަ ގްރޭޓް އިންޑިއަން މާޑާ" ގެ ޕްރޮމޯޝަނަލް ލަވަ ނެރެފި އެވެ.
"ރަސްކަލާ" ގެ ނަން ދީފައިވާ މި ލަވައިން ފެންނަނީ ކޮރެއޯގްރާފަރު، ޝަކްތީ މޯހަން އާއި ރެޕް ލަވަކިޔުންތެރިޔާ ރަފްތާރު އެވެ. މަޖާ އަދި ކެޗީ ޑާންސެއް ހިމެނޭ މި ލަވަ ކޮރެއޮގްރާފު ކުރީ ފެރޯޒް ހާން އެވެެ. މި ލަވަ ކިޔާފައި ވަނީ ރަފްތާރުގެ އިތުރުން އުމަންގް ދޯޝީ އާއި އަނުޝާ މާނީ އެވެެ.
"ދަ ގްރޭޓް އިންޑިއަން މާޑާ" ގެ ޕްރޮޑިއުސަރު އަދި އެކްޓަރު އަޖޭ ދޭވްގަން ބުނީ މި ލަވައަށް ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ކަަމަށެވެ. މިއީ އެ ސީރީޒަށް އިތުރު ފުރިހަމަކަމެއް ލިބެނީ މި ލަވައިގެ ސަބަބުން ކަމަށް ވެސް އަޖޭ ބުންޏެވެ.
މިއީ ރަފްތާރު އާއި ޝަކްތީ އެކުގައި ލަވައަކުން ފެންނަ ފުރަތަމަ ފަހަރެވެ.