ދިރާގު ޓީވީގެ ހިދުމަތް ރަތަފަންދު އަށް
ދިރާގު ޓީވީގެ ހިދުމަތް ރަތަފަންދު އަށް

ދިރާގު ޓީވީގެ ހިދުމަތް ގދ. ރަތަފަންދު އަށް މިއަދު ތައާރަފުކޮށްފި އެވެ.

އެ ރަށުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކަކާއެކު އެ ކުންފުނީގެ ޓީވީގެ ހިދުމަތް ފެށިއިރު، ދިރާގު ފައިބަ ބްރޯޑްބޭންޑް ގުޅާފައިވާ ގެތަކަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދީ، ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގުން ބުނީ މި ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ "މައި އެކައުންޓް" މެދުވެރިކޮށް ހިދުމަތަށް އެދެވޭނެ ކަމަށެވެ.

ދިރާގު ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު، އެއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. މި ހިދުމަތް މެދުވެރިކޮށް، ރާއްޖޭގެ އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމަކުން ބެލޭނެ އެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީ ސްޕޯޓްސް ޗެނަލްތަކާއި ފުޑް ނެޓްވޯކް އަދި ޚަބަރު ޗެނަލްތައް ވެސް ހިމެނެ އެވެ.

ދިރާގުން ވަނީ އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 82 ޕަސެންޓް ގޭބިސީ އަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދެނީ ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެންނެވެ.