މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު
މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު

ބެންގަލޫރު (ފެބްރުއަރީ 11) - އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަގަނޑުގެ ތެރޭން ހިތްވަރުގަދަ ޒުވާނަކު އުފަންވެއްޖެ އެވެ. މުސްކާން ޚާން އަކީ މުސްލިމް ދަރިވަރުން ބުރުގާ އެޅުމާ ދެކޮޅަށް ހިންގާ ކެމްޕޭނުގައި ސާބިތުވެ ހުރި މުސްލިމް ދަރިވަރެކެވެ.

މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު
މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު

ވައިރަލްވެފައިވާ ވީޑިއޯއެއްގައި 19 އަހަރުގެ ދަރިވަރު ކޮލެޖަށް ވަންނަންދާއިރު ބަޔަކު މީހުން އޭނާގެ ފަހަތުގައި އަޅުވާލަ އެވެ. ޝޯލެއް އަޅައިގެން ހުރި ދަރިވަރުގެ ފަހަތުން ދަމުން އެ މީހުން ދިޔައީ ހަޅޭލައްވަމުންނެވެ. އެކަމަކު ޚާން ސާބިތުކަން ދެއްކުމަށް ފަހު އެ މީހުންގެ ކުރިމަތީގައި ހުއްޓި ހުރެ އެވެ. އަދި ﷲ އަކްބަރު ކިޔާ އޭނާ ގޮވަމުން ދިޔަ އެވެ. އޭގެ ފަހުން ކޮލެޖު ތެރެއަށް އޭނާ ވެއްދީ ކޮލެޖުގެ ކަމާބެހޭ ފަރާތްތަކުންނެވެ.

މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު
މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު

"އަހަރެން ބޭނުން ވަނީ އަހަރެމެންގެ ހައްގުތަކާއި ތައުލީމުން މަހްރޫވުން ދިފާއު ކުރުން،" މުސްކާން ޚާން ބުންޏެވެ.

މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު
މުސްކާން ޚާން: ބުރުގާއާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅު މޫނު

ކަރްނާޓަކާގެ ބައެއް ކޮލެޖުތަކުގައި ބުރުގާއާ އެކު ދަރިވަރުން ކްލާސްތަކަށް ވަނުން މަނާކުރުމާ ގުޅިގެން ހިންދޫގެ ހަރުކަށި ގްރޫޕްތަކުން ދަނީ އެ ނިންމުމަށް ތާއީދުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެކި ހިސާބުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފަ އެވެ. ހަމަނުޖެހުންތަކާ އެކު ކަރްނާޓަކާ ސަރުކާރުން ވަނީ ހައި ސްކޫލާއި ކޮލެޖްތައް ބަންދުކޮށްފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ސްޓޭޓުގެ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުފެދިފައިވާ މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން މިހާރު ވަނީ ނިންމައިފަ އެވެ.

ކަރްނާޓަކާގެ ވިޔަފާރިވެރިއެއްގެ ދަރިއެއް ކަމަށްވާ މުސްކާން ޚާން ބުނާ ގޮތުގައި އޭނާގެ ބުރުގާގެ މައްސަލަ ބޮޑުކޮށްލީ ކްލާސް ކުދިންނަށް ވުރެ ބޮޑަށް "ބޭރުތެރޭގެ މީހުން"ނެވެ.

"އަޅުގަނޑު ކޮލެޖަށް ވަނުމަށް ދިޔައީމާ ވަރަށް ގިނަ މީހުން ހުރަސް އެޅުމަށް ފަހު ބުނީ ބުރުގާ އަޅައިގެން ކްލާހަށް ނުވަދެވޭނެ ކަމަށް. އޭރު ބުރުގާ އަޅައިގެން ތިބި ހަތަރު ވަރަކަށް ކުދިން ގޭޓާ ހަމައިން އަނބުރާ ފޮނުވާލައިފި،" މުސްކާން ކިޔައިދިނެވެ.

ބުރުގާއާ އެކު ކޮލެޖަށް ނުވަދެވޭނެ ކަމަށް ބުނި ނަމަވެސް، މުސްކާން ބުނީ އޭނާ ހުރީ ގޮތް ދޫކުރާ ގޮތަށް ނޫން ކަމަށެވެ.

"ސްކޫޓަރު ޕާކްކުރުމަށް ފަހު ކޮލެޖަށް ވަންނަން ދިއުމުން 30-40 ވަރަކަށް ޒުވާން ކުދިން އަހަރެންގެ ފަހަތުން "ޖައި ޝްރީ ރާމް" ގޮވަމުން ދިޔަ. އެ މީހުން ދިޔައީ ބުރުގާ ބޭލުމަށް ގޮވަމުން. އަދި ބުރުގާ ބޭލުމުން ނޫނީ ކްލާހަށް ނުވަދެވޭނެ ކަމަށް ބުނި. އަހަރެން ބިރުގަތުމާ އެކު ﷲ އަކްބަރު ގޮވަން ފެށިން،" މުސްކާން ބުންޏެވެ.

އެ ވަގުތު ޕްރިންސިޕާލައި ޓީޗަރުން ނުކުމެ މުސްކާން ވަނީ އެތެރެއަށް ވައްދައިފަ އެވެ.

މުސްކާން ބުނީ އޭނާ ކަންތައް ކުރިގޮތުން ސޯޝަލް މީޑިއާ އިން ލިބެމުން ދިޔަ ތައުރީފަށް އުފާކުރާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ.