10 ފެބުރުއަރީ 2022 - 06:40

ބޮލީވުޑްގެ ޒުވާން ތަރި، ވަރުން ދާވަން، މިދިޔަ އަހަރު އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލުއާ ކައިވެނިކުރީ ވަރަށް ޕްރައިވެޓް ހަފުލާއެއްގަ އެވެ. އަމިއްލަ ދިރިއުޅުމާ ގުޅޭ މާ ބޮޑެތި ވާހަކަތަކެއް ނުދެއްކިޔަސް، ދޭތެރެއަކުން ނަތާޝާއާ އެކު ނަގާ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ވެސް އޭނާ ހިއްސާކުރެ އެވެ.
ވަރުން ބުނާ ގޮތުގައި އޭނާގެ ދިރިއުޅުން ކައިވެންޏަށް ފަހު ވަރަށް ސަޅި އެވެ. ނަތާޝާގެ ސަބަބުން ދިރިއުޅުން އިތުރަށް ފުރިހަމަވެގެން ދިޔައީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ" ގެ އެކްޓަރު ވަރުން ބުނީ ކޮވިޑް-19 ގެ ލޮކްޑައުންގައި ގޭ ތެރޭގައި އުޅެވުނީ ވެސް ނަތާޝާގެ ސަބަބުން ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރި ކަމަށް އޭނާ ބުންޏެވެ.
ވަރުންނާއި ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ނަތާޝާ ކައިވެނިކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އެއީ އިންޑިއާ ލޮކްޑައުން ކުރުމުގެ ދެ މަސް ކުރިންނެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ވަރުންގެ ކުރިއަށް ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަމަރު ކޯޝިކްގެ "ބެޅިޔާ" ގައި ކްރިތީ ސަނޯނާ އެކު ފެންނާނެ އެވެ. އެއީ މި އަހަރުގެ ނޮވެމްބަރު 25 ގައި ނެރޭ ފިލްމެކެވެ. އަދިވެސް އިތުރު ދެ ފިލްމެއްގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ.