10 ފެބުރުއަރީ 2022 - 06:51

މަޝްހޫރު ޕޮޕް އައިކަން އަދި ފެޝަން ޑިޒައިނާ ވިކްޓޯރިއާ ބެކަމް ކެއުމަށް ބޭނުންކުރަނީ ހަމައެކަނި ގްރިލްޑް ފިޝް ނުވަތަ ފިހުނު މަހާއި ފެނު ކެއްކި ތަރުކާރި ކަން އެނގިއްޖެ އެވެ.
ވިކްޓޯރިއާގެ ފިރިމީހާ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ވަނީ ދާދި ފަހުން އޭނާގެ އަންހެނުންގެ ކެއުމުގެ އާދަތަކަށް އަލިއަޅުވާލައިފަ އެވެ. "ރިވާ ކެފޭ ޓޭބަލް 4" ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ބެކަމް ބުނީ ފާއިތުވި 25 އަހަރުގައި އޭނާގެ އަންހެނުން ކައި އުޅުނީ އެކައްޗެއް ކަމަށެވެ.
"ކައިިވެނި ކުރި ފަހުން މިވީ 25 އަހަރުގެ ތެރޭގައި އަދި ވިކްޓޯރިއާ ކައިފައި ވަނީ ހަމަ އެކައްޗެއް،" ބެކަމް ކިޔައިދިނެވެ.
އެކަމަކީ ބެކަމް އަށް "ހަޖަމްކުރަން" އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ އެއްބަސްވެ އެވެ. އަދި ކައިވެނީގެ ހަޔާތުގެ ތެރެއިން ވެސް މުޅިން ތަފާތު އެއްޗެއް ކަނިކޮށް ދުށީ އެންމެ ފަހަރަކު ކަމުގައި އޭނާ ބުންޏެވެ.
"އެންމެ ފަހަރަކު އަހަރެން ކާން އިން ތަށީން އެއްޗެއް ކެއީ. އެއީ އޭނާ ކައި އުޅޭ އެއްޗެއް ވެސް ނޫން. އެއީ އަހަރެމެންގެ ހަގު ދަރިއަށް ބަލިވެ އިން އިރު،" ބެކަމް ބުންޏެވެ.
މިފަދަ އާދަތަކަކީ ސެބްރިޓީންގެ ވަރަށް އާންމު އާދަތަކެވެ. ހަށިގަނޑު އެއް މިނެއްގައި ބެހެއްޓުމަށް ގިނަ ފަހަރަށް ސިއްހަތަށް ނުރައްކާތެރި ޑައިޓުތައް ވެސް ސެލެބްރިޓީން ގެންގުޅެ އެވެ. ވިކްޓޯރިއާގެ ޑައިޓާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.