09 ފެބުރުއަރީ 2022 - 22:33

ރާޅު ގުޑިން އިންތިޒާމް ކޮށްގެން އިއްޔެ ކ. މާފުށީގައި ކުރިއަށް ގެންދިޔަ ކައިޓް ބޯޑިންގެ ފައިނަލް އަބްދުއްތަސްލީމް (ޑެލިއޯ) ކާމިޔާބު ކޮށްފި އެވެ.

ހަ ހީޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ދެވަނަ ކާމިޔާބު ކުރީ ހަސަން މާހިރު (ހަންޓޭ) އެވެ. އަދި ތިންވަނަ ކާމިޔާބު ކުރީ މަމްނޫން ނިޔާޒު (މަންނު) އެވެ.
މުބާރާތުގެ އެއް ވަނައަށް ރާޅު ގުޑިން ވަނީ 15،000ރ.ގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ދެވަނަ އަށް 10،000ރ. ދިން އިރު ތިންވަނަ އަށް ދިނީ 5،000ރ. އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ކައިޓް ބޯޑިންގެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި ރައްޖޭގެ އެކި ރަށްރަށުން 31 މީހުން ބައިވެރިވި އެވެ.
މި މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު، ފައިނަލް ރޭސް އިއްޔެ ބޭއްވީ މޫސުމަށް ބެލުމަށް ފަހު އެވެ. މި މުބާރާތުގެ ބައިވެރިންނަށް މާދަމާ ވެސް ތަމްރީނުތައް އޮންނާނެ އެވެ.